ads
ތަޤުވާ މިސްކިތުގެ ފަންކާތައް ވަގަށް ގެންދަނީ. ތިން ރޭ މަތިން 7 ފަންކާ ގެންގޮސްފައިވާކަމަށް ކައުންސިލުން ބުނޭ
މިސްކިތު ފަންކާ ވަގު ހިފާ، 6 ފަންކާ ހޯދައިފި
މިސްކިތްތަކުން ފަންކާ ވަގަށް ނަގަމުންދާ މީހާ ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.

ދިވެހި ފިރިހެނެއްކަމަށްވާ އުމުރުން 31ގެ މިމީހާ ހައްޔަރުކުރީ މިސްކިތަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފަންކާއަށް ހިފައިގެން ދަނިކޮށްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މީހާ ވަގަށް ނަގާ ވިއްކާލާފައިވާ ފަންކާތައް ހޯދާފައިވާކަމަށެވެ. އެގޮތުން 6 ފަންކާއެއް ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ދަރުމަވަންތަ މިސްކިތުގައި ހުރި ފެން މޯޓަރު ވަގަށް ނެގީވެސް މި މީހަކަށް ބެލެވޭކަމަށެވެ.  

ކޯޓުން ވަނީ މިމިހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް