ads
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެތި
3 ދުވަހުން 22 މިލިއަން ރުފިޔާގެ ޑުރަގްސް އަތުލައިގެންފި
މިދިޔަ 3 ދުވަހުގެ ތެރޭގއި 22 މިލިއަން ރިފިޔާގެ މަސްތުވާތެކެތި އަތުލައިގެންފައިވާކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެެެވެ.

ވަޒީރު އިހްސާން ވިދާޅުވީ މިތަކެތި އަތުލައިގަތީ ފުލުހުންނާއި ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައި ހިންގި އޮޕަރޭޝަންތަކެއްގައިކަމަށެވެ. އަތުލައިގެން މަސްތުވާތަކެތީގައި ބަރުދަނުގައި 16.69 ކިލޯ ހުރިކަމަށާއި މިތަކެތީގެ މަގުމަތީ އަގު 21.6 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

"ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުއިއްޒުގެ ލީޑަޝިޕްގެ ދަށުން އަޅުގަނޑުމެންގެ އަމާޒަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ދިވެހިރާއްޖެއެއް!. އަޅުގަނޑުމެންގެ ފުލުހުންނާއި ކަސްޓަމްސް އޮފިސަރުންނާ މެދު ވަރަށް ފަޚުރުވެރިވޭ." އިހްސާން އެކްސްގައު ކުރެއްވި ޕޯސްޓްގައިވެއެވެ.

މާލޭ މަޖިދީމަގުގައި ގިނަ އަދަދެއްގެ ޑްރަގްސް ވިއްކަމުން ދިޔަ ބަޔަކު މިދިޔަ އަންގާރަ ދުވަހުގެރޭ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކުރި ދެމީހުން އަތުލައިގެންފައިވަނީ އެތަކެތި ހިފައިގެން ދަނިކޮށެވެ. 

މީގެއިތުރުން ރާއްޖެއަށް ވައްދަން މަސައްކަތް ކުރި ޕާޓީ ޑްރަގްސް ތަކެއް މިދިޔަ ހޯމަދުވަހު ކަސްޓަމްސްއިންވެސް ވަނީ އަތުލައިގެންފައެވެ. ދެ ޕާރުސަލެއްގައި ރައްކާކޮށްގެން އެތެރެކުރި މި ތަކެތީގެ ބަރުދަނުގައި 3.3 ކިލޯ ހުރިކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް