ads
ފުލުހުން އާއްމުކޮށްފައިވާ މަސްތުވާތަކެތީގެ ފޮޓޯއެއް
ދިރުވާލައިގެން ރާއްޖެއަށް ޑްރަގް އެތެރެކުރި ނައިޖީރިއާ މީހަކު ހައްޔަރުކޮށްފި
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެރި އެތެރެކުރި ކަމަށް ޝައްކު ކުރެވޭ ނައިޖީރިއާ މީހަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ނައިޖީރިއާ މީހަކީ، އުމުރުން 34 އަހަރުގެ ފިރިހެނެކެވެ. މި މީހާ މިހާރުވަނީ 15 ދުވަހަށް މުއްދަތު ޖަހާފައެވެ. 

މި މީހާގެ ބަންދު މުއްދަތު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ މިވަގުތު އޮތީ ދޫނިދޫގައި ހުންނަ ކަސްޓޯޑިއަލް ކްލިނިކްގައި އެޑްމިޓް ކޮށްފައެވެ. 

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވި ނައިޖީރިއާ މީހަކު ހައްޔަރުކޮށްފައިވާއިރު، ރާއްޖެއަށް ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ބެލެވޭ ޔޫރަޕު މީހަކުވެސް މި ހަފްތާގައި ހައްޔަރުކޮށްފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް