ads
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު
"އައްޑޫގެ އިގުތިސޯދީ މަޝްރޫއުތަކުގެ ބިންގާ އެޅުއްވީ ސޯލިހު"
އައްޑޫ ސިޓީގައި އެމްޑީޕީ ސަރުކާރުން ފަށާފައިވާ އިގްތިސޯދީ މަޝްރޫޢުތައް ރަނގަޅަށް ކުރިޔަށްދާނަމަ އައްޑޫގެ އިގްތިސޯދު އަތުނުޖެހޭ ހިސާބަށްދާނެކަމަށާއި އެކަމުގެ ހުރިހާ ބިންގަލެއް އަޅުއްވާދެއްވާފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެ އެވެ.

މާލޭގައި ރޭ ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒު ވިދާޅުވީ އައްޑޫ ސިޓީއަށް މިހާރު ލިބިފައިވާ ތަރައްގީއާ ކުރިއެރުން އަނެއްކާވެސް ހަލާކުވާން ނޭދޭކަމަށްވާނަމަ އައްޑޫގެ ރައްޔިތުންގެ ފަރާތުން ވަކާލާތުކުރާނެ އެމްޑީޕީގެ މެމްބަރުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. 

"އައްޑޫ ސިޓީގެ ތަރައްގީއަށް މަސައްކަތްކުރިކަމަށްވާނަމަ އެމަސައްކަތެއްކޮށްފައިވަނީ އެމްޑީޕީގެ ސަރުކާރުތަކުން، އެހެންކަމުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީ ތަމްސީލުކުރާ އެމްޑީޕީ މެމްބަރުން މަޖިލީހުގައި ތިބުން މުހިންމު" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، 2008 ވަނަ އަހަރު އަދި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީ ސަރުކާރުތަކުން އައްޑޫ ސިޓީގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާކަމަށެވެ. އޭގެ ކުރިންވެސް އަދި ދެމެދުގައިވެސް އައި ސަރުކާރުތަކުން އައްޑޫ ސިޓީއާމެދު ތަރައްގީގެ ތަސައްވުރެއް ނުގެންގުޅޭކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މި ޖަލްސާގައި ރައީސް ސޯލިހު ވެސް ވަނީ ބައިވެރިވެވަޑައިގެން އައްޑޫގެ ތަރައްގީގެ ވާހަކައަށް އަލިއަޅުއްވާ ލައްވާ ވާހަކަ ދައްކަވާފައި އެވެ.

އެމްޑީޕީ ސަރުކާރުން އައްޑޫގެ ތަރައްގީއަށް ކޮށްފައި ހުރި ކަންކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ އައްޑޫގެ މަގު ހެދުމަށް 77 މިލިއަން ޑޮލަރު، އެއާޕޯޓު ތަރައްގީ ކުރުމަށް 26 މިލިއަން ޑޮލަރު އެގްޒިމް ބޭންކުގެ ފައިނޭންސިން އިން އޮތީ ހަމަޖެހިފައި ކަމަށާއި ރިސޯޓު ތަރައްގީ ކުރުމަށް 85 މިލިއަން ޑޮލަރު ހަރަދު ކުރެވުނު އިރު މިފްކޯގެ ކޯލްޑު ސްޓޯރޭޖު ތަރައްގީ ކުރުމަށްޓަކައި 68 މިލިއަން ރުފިޔާ ބަޖެޓު ކުރެވުނު ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ވެސް އެތައް މަޝްރޫއެއް އައްޑޫގައި ފަށާފައިވާނެ ކަމަށާއި އެހެން ނަމަވެސް މިއަދު ފެންނަނީ މިހެން ހުރި ހުރިހާ ޕްރޮޖެކްޓުތަކެއް ހުއްޓުމަކަށް ގެނެސްފައި ހުރިތަން ކަމަށް ސޯލިހު ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް