ads
ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރާ އެއްބަނޑު އެއްބަފާ ދެބައިން އައިމަން އާއި ފަރުހަތު
ސަރުކާރަށް ގޮނޑިދޭން، ކޮއްކޮ ގޮތްދޫކޮށް ބޭބެގެ ފަހަތަށް
ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ އައިމަން މުހައްމަދު ޕީއެންސީގެ ކެންޑިޑޭޓް ފަރުހަތު މުހައްމަދު (ފަރޭ) އަށް ތާއީދު ކުރަން ނިންމައިފި އެވެ.

ފަރުހަތާއި އައިމަންއަކީ އެއްބަނޑު އެއްބަފާ ދެބައިންނެވެ. މި ދެބައިންވެސް ވަނީ ޕީޕީއެމް / ޕީއެންސީ މަޖިލިސް ޕްރައިމެރީގައި ވާދަކޮށްފައެވެ. ބޭބެ ފަރުހަތު އައިމަންގެ މައްޗަށް ކާމިޔާބު ހޯދީ 7 ވޯޓްގެ ތަފާތުންނެވެ،

ޕްރައިމެރީގައި ބަލިވުމުން އައިމަން ނިންމީ އަމިއްލަ ގޮތުން އިންތިހާބަށް ނުކުންނާސެވެ. ސަބަބަކީ ސަރުކާރުގެ ނުފޫޒު ގަދަ ބައެެއް ވެރިން އޭނާއަށް ތާއީދުކުރުމެވެ. އަދި ބައެއް ވަޒީރުން ކުރިން ވަނީ އޭނާގެ ކެމްޕެއިނަަށްް އެރަށަށްވެސް ވަޑައިގެންފައެވެ.

އައިމަން ފަހަތަށް ޖެހި ބޭބެ ފަރުހަތުގެ ފަހަތަށް އެރިކަން އިއުލާންކޮށް އޭނާ ބުނީ އެގޮތަށް ނިންމީ ސަރުކާރު ކޯލިޝަނަށް ގޮނޑި ކަށަވަރުކޮށްދިނުމަށް ކަމަށެވެ. އައިމަންގެ މި ނިންމުން އައިސްފައި މިވަނީ ސަރުކާރުގެ 2 ކެނޑިޑޭޓުން ވާދަކޮށް ގޮނޑި ގެއްލުމުގެ ފުރުސަތު ނުދީ ގޮތް ދޫކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވާފައި ވަނިކޮށެވެ.

your imageކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރާ 3 ކެންޑިޑޭޓުން. ފޮޓޯ: ޕީއެސްއެމް

މިފަހަރު ރަން ގޮނޑީގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން އަންނަ ކުޅުދުށްފުށީ ދެކުނު ދައިރާގެ ގޮނޑިއަށް އިދިކޮޅު އެމްޑީޕީން ވާދަކުރަނީ ކުރީގެ ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލާގައި ބައެއް ފަރާތްތަކުން ދިން ބަޔާންތައް ވަނީ ލީކުވެފައެވެ. 

މިކަމާއި ގުޅިގެން އަލީ ވަހީދާއި ދެކޮޅު ކެމްޕެއިންތަކެއްވެސް ވަނީ ފެށިފަ އެވެ. އަދި ސަރުކާރު ހިންގާ ޕީއެންސީންވެސް އަލީ ވަހީދާ ވާދަކުރުމަށް ހިންގާ ކެމެޕެއިންގައި މި ކަން އަންނަނީ ބޭނުންކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް