ads
އައްޑޫސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ރައީސް ސާލިހް ވާހަކަ ދައްކަވަނީ./ ފޮޓޯ: އެމްޑީޕީ
ދޮގު، ވެރިކަމުން ފޭބިއިރު އެސްޑީއެފްގައި 32 މިލިއަން ޑޮލަރު ހުންނާނެ: ސާލިހް
މިދިޔަ ސަރުކާރު ނިމުނުއިރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) ގައި ހުރީ 3 މިލިއަން ޑޮލަރުކަމަށް ރައީސް. ޑރ މުއިއްޒު ވިދާޅުވާ ވިދާޅުވުމަކީ "ބުހުތާނު ބޮޑު" ދޮގެއްކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަންނަ ރައްޔިތުން މަޖިލީހުގައި އައްޑޫ ސިޓީގެ ދާއިރާތަކަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. 

ރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި މި ޖަލްސާގައި ވާހަކަދައްވަމުން ރައީސް ސާލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ނިމުނިއިރު އެސްޑީއެފް ފަންޑުގައި 32 މިލިއަން ޑޮލަރު ހުންނާނެކަމަށެވެ. އަދި އެ ފައިސާ ހުންނާނީ ބޭނުން ކޮންމެ އިރަކު ނެގޭގޮތަށް ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓްކޮށްފައިކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. 

"ބަލަގަ މިއަދުގެ މިޒަމާނުގައި ކޮންމެހެން މޭޒުމަތީގައި އަތުރާފައި ފައިސާ ބޮނޑިތައް ބަހައްޓާކަށް ނުޖެހޭޔޭ. އެ ފެންނަން ނެތިޔާ އެ ނެތީތޯ. މީ އެޒަމާނެއް ނޫނޭ . އޭގެތެރެއއިން 30 މިލިއަން ޑޮލަރު އަޅުގަނޑުމެން ހުންނާނީ އިންވެސްޓްކޮށްފައި ރާއްޖޭގެ ބޭންކުތަކުގައި، ބޭނުން އިރަކު ނެގޭގޮތަށް.: އެސްޑީއެފްގައި ހުރި ފައިސާގެ ތަފްސީލު ހަމަކުރައްވަމުން ރައީސް ސާލިހް ވިދާޅުވި އެވެ.

އެސްޑީއެފް ފައިސާއާ ގުޅުވާ ސަރުކާރުން ދެއްކެވި ވާހަކަތައް ދޮގުކުރައްވަމުން ރައީސް ސާލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު އެފަންޑުގައި ހުރީ 1.9 ބިލިއަންކަމަށާއި ވެރިކަން ނިމުނިއިރު އެ އަދަދު 7 ބިލިއަނަށް އަރާކަށެވެ. އަދި އެކައުންޓުގައި ޑޮލަރު ހުރީ މިދިޔަ އަހަރުގެ ތެރޭގައި އެ އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާކުރަން ފެށުމުންކަންވެސް ރައީސް ސާލިހް ވަނީ ފާހަގަކުރައްވާފަ އެވެ. 

"ކޮވިޑްގެ ތެރޭގައި ތެދެއް ރާއްޖެއަކަށް ޑޮލަރެއް ނުލިބޭ. އެ ބޭނުންކުރަން ޖެހުނު. އެކަހަަ ކަންތަކަށް ހުރި ފައިސާއެއް ނޫންތޯ އެއީ. ކޮންމެހެން ކުރިމަތީގައި އަތުރައިގެން އިންނާކަށް ނޫނޭ ފައިސާ އެއްކުރަނީ." ރައީސް ސާލިހް ވިދާޅުވި އެވެ.

މި ސަރުކާރުގެ އިގްތިސާާއި ބެހޭ ވަޒީރު މުހައްމަދު ސައީދު މިދިޔަ ފެބްރުއަރީމަހު ހއ. ކެލާާ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ 2 މިލިއަން އެމެރިކާ ޑޮލަރާއި 2.4 މިލިއަން ދިވެހި ރުފިޔާކަމަށެވެ. އަދި ވެރިކަމަށް އެންމެ 3 މަސްދުވަހުގެ ތެރޭގައި އެސްޑީއެފް ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާނޭކަމަށްވެސް ސައީދު ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް