ads
އުރީދޫ ހަދިޔާ ފޮށިން ހަދިޔާ ލިބުނު ފަރާތަކަށް އިނާމު ހަވާލުކުރަނީ - ފޮޓޯ: އުރީދޫ
އުރީދޫ ހަދިޔާ ފޮށިން ހަދިޔާ ލިބުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފި
އުރީދޫން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަދިޔާ ފޮށިން ހަދިޔާ ލިބުނު ބައެއް ފަރާތްތަކަށް އިނާމު ހަވާލުކޮށްފި އެވެ.

އުރީދޫން ބުނީ މިފަހަރު ހަވާލުކުރި އިނާމުތަކުގެ ތެރޭގައި އެއާޕޮޑް، އެޕަލް ވޮޗް، އަދި ޖޫސާ ފަދަ އިނާމުތައް ހިމެނޭ ކަމަށެވެ.

ހަދިޔާ ފޮށީގެ ދެވަނަ އަހަރު ގުނަމުން ދާއިރު، މި ރޯދަ މަހުވެސް އެތައް ހަދިޔާތަކެއް ހިމަނާފައިވާ ހަދިޔާފޮށީގައި ވާ އެންމެ ހާއްސަ އެއް އިނާމަކީ އެޕަލް ވިޝަން ޕްރޯ އެވެ. އޭގެއިތުރުން ޕްލޭސްޓޭޝަން 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރ ހިމެނެ އެވެ. ހަމަ މިއާއެކު، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމު ތަކެއް ވެސް ހަދިޔާ ފޮށީގައި ހިމެނެ އެވެ.

މީގެއިތުރުން ހަދިޔާ ފޮށީގައި ތަފާތު ވައްތަރުގެ ޑޭޓާ ޕެކް ވެސް ހިމެނެ އެވެ. އަދި ޑޭޓާ ޕެކް ލިބުމުން ވަގުތުން އެކައުންޓް ބެލެންސަށް އެއްވެގެން ދާނެކަމަށް އުރީދޫން ބުނެ އެވެ، 

ހަދިޔާ ފޮށީގައި ބައިވެރިވެވޭނީ އުރީދޫ ސުޕައެޕްގެ ހޯމްޕޭޖުން ފެންނަ ހަދިޔާފޮށި ބެނާގައިވާ "ޕްލޭ" އަށް ފިތާލުމުންނެވެ. އެއަށްފަހު ސްކްރީނުން ފެންނަން އިންނަ ހަދިޔާ ފޮށްޓަށް ފިތަމުން ގެންދިއުމުން ފޮށި ހުޅުވި، ލިބުނު އިނާމު އެނގިގެންދާނެ އެވެ. އަދި ފޮށި ހުޅުވާ އެއްވެސް ފަހަރަކު ހުސްއަތާ ނުކުންނާކަށް ނުޖެހޭނެ އެވެ.

އުރީދޫގެ ހަދިޔާ ފޮށި ހުޅުވޭނީ ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު އެވެ. ހަދިޔާ ފޮށި ހުޅުވުމުން ދެން އަލުން ފޮށި ހުޅުވޭނެ ވަގުތު ފެންނަން ހުންނާނެ އެވެ. ހަދިޔާ ފޮށި ކުޅޭ ކޮންމެ ފަހަރަކީ އިނާމެއް ޔަގީންވާނެ ފަހަރެކެވެ.

ރޯދަ މަހަށް ހާއްސަ މި ހަދިޔާ ފޮށި ހުޅުވައިގެން ކޮންމެ ދުވަހަކު "ސްޓްރީކް" ހަދައި، "ކަރާ ޕޮއިންޓްސް" ކަލެކްޓް ވެސް ކުރެވޭނެ އެވެ. އެހެންކަމުން ސްޓްރީކް ހިފަހައްޓައިގެން ޕޮއިންޓް އިތުރުކޮށް ލީޑަރުބޯޑުގެ ކުރިއަށް އެރުމުން، ކޮންމެ ހަފްތާއެއްގައި ލީޑަރުބޯޑުގެ އެންމެ ކުރީގައިވާ ތިން ކަސްޓަމަރުންނަށް ލިބޭ "ވީކްލީ މެގަ ގިފްޓް" ލިބުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް