ads
ސިޓީގެ ކޯޗު ގާޑިއޯލާ
ސިޓީ މޮޅުވެ، ލީގުގެ އުއްމީދު ދަމަހައްޓައިފި
ޑިފެންޑިން ޗެމްޕިއަން މެންޗެސްޓަރ ސިޓީން ލީގުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް ލީގުގެ އުއްމީދު ދަމަހައްޓައިފިއެވެ.

ފޯރިގަދަ ކުޅުމަކަށް ފަހު ސިޓީން، ޕެލަސް އަތުން މޮޅުވީ ހަތަރު ލަނޑު ދެ ލަނޑުންނެވެ. މި މެޗުގައި ކެވިން ޑި ބްރޫއިން ވަނީ މޮޅު ކުޅުމެއް ކުޅެ އެ ކްލަބަށް 100 ވަނަ ގޯލު ޖަހައިދީފައެވެ.

މި މެޗުން މޮޅުވެ ސިޓީންވަނީ އެއްވަނައިގަ އޮތް ލިވަޕޫލްއާ ޕޮއިންޓްގެ ގޮތުން ހަމަކޮށްފައެވެ. އެއީ 70 ޕޮއިންޓެވެ. ސިޓީން 31 މެޗު ކުޅެފައިވާއިރު، ލިވަޕޫލް ކުޅެފައިވަނީ 30 މެޗެވެ. 

ލިވަޕޫލް އެއްވަނައިގަ އޮތް އިރު ސިޓީ އޮތީ ދެވަނައިގަ އެވެ. މާދަމާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަކީ ލިވަޕޫލްގެ 31 ވަނަ މެޗެވެ. ތިންވަނައިގަ އޮތީ އާސެނަލްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް