ads
އޭއާޕޯޓްގެ ލަގޭގެ ބެލަޓަކުން ދަބަހެއް ނަގަނީ
ޑްރަގްސް ހުރި ފޮއްޓެއް ބޭރުކުރަން އުޅުނު އެޢާޕޯޓް ބަޔަކު ހައްޔަރުކޮށްފި
ގާތްގަޑަކަށް 5 ކިލޯގެ ޑްރަގްސް ރާއްޖެ ގެނެސް އެތަކެތި އެއާޕޯޓުން ބޭރުކުރަން އުޅުނު އެތަނުގެ މުވައްޒަފުންތަކެއް ހައްޔަރުކޮށްފިއެވެ. ޑްރަގްސް ހުރި ފޮއްޓެއް ބޭރުކުރަން އުޅުނު އެޢާޕޯޓް ބަޔަކު ހައްޔަރުކޮށްފި

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ  މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ދެ މުވައްޒަފުްނނެވެ. އަދި މި މީހުންނާއި އެކު އިތުރު ދެމީހަކުވެސް އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ޑްރަގްސް ފެނުނީ އުސޫލުން ބޭރުން އެއާޕޯޓުން ބޭރުކުރަން އުޅުނު ލަގޭޖެއްގެ ތެރެއިންކަމަށެވެ. މި ލަގޭޖުގައި މެތާއި ހެރޮއިން ހިމެނޭ ގޮތަށް ޖުމުލަ 4.5 ކިލޯގެ ޑްރަގްސް ހުރިކަމަށް ފުލުހުން ބުނެއެވެ.

އެއާޕޯޓްގެ 2 މުވައްޒަފުގެ އިތުރުން ދެން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޕާކިސްތާނުގެ މީހަކާއި ފޮއްޓާއި ހަވާލުވާން އައިސް ހުރި މީހެއްކަމަށް ފުލުހުން ބުނެއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަދުވަހުކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

މި މީހުންގެ ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން މިތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ކޯޓުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ސީނިއާ މުވައްޒަފެއްކަމަށާއި މި މައްސަލާގައި އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ހިމެނޭކަމަށްވެސް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް