ads
މޫސުން ގޯސް ދުވަހެއްގައި މީހަކު ކަނޑުމަތީގައި ނަމާދު ކުރަނީ
ވިއްސާރަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް މޫސުމީ އިންޒާރު
މިއީ އިރުވައި މޫސުމާއި ހުޅަނގު މޫސުން ބެދޭ ދުވަސްކޮޅު ކަމަށާއި، މިރޭ ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ތީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މޫސުމީ މޫސުމީ އިންޒާރު ނެރެފިއެވެ.

މެޓް އޮފީހުން މިއަދު މޫސުމީ އިންޒާރު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ. މި 12 އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އިއްޔެ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކޮށްފައިވެ އެވެ. މެޓުން އާންމު ކުރި މައުލޫމާތުން ފެންނަ ގޮތުގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ކ. ގާފަރު އަދި ގދ. ކާޑެއްދޫ އަށެވެ. ގާފަރަށް 52.9 މީޓަރު ވާރޭ ވެހިފައިވެ އެވެ. ކާޑެއްދޫއަށް 49.4 މީޓަރު ވާރޭ ވެހިފައިވެ އެވެ.

މެޓް އޮފީހުން މިއަދު ހިއްސާކޮށްފައިވާ ސެޓެލައިޓް ފޮޓޯއިން ފެންނަ ގޮތުގައި ބޮޑު ސަރަހައްދެއްގައި ވިއްސާރަ ވިލާ ފެނެ އެވެ. މެޓުން މިއަދުގެ މޫސުން ލަފާކޮށް، އެކި ސަރަހައްދުތަކަށް ވާރޭވެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް ކަނޑު މަޑުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އޭގެ ސަބަބަކީ ވައި މަޑުވުމެވެ. މެޓް އޮފީހުން ބުނީ ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށެވެ.

އަންނަ ބުދަ ދުވަހު، އީދު ފާހަގަކުރުމަށް މުޅި ރާއްޖެ އިން ތައްޔާރުވަމުން އަންނައިރު އެ ދުވަހުގެ މޫސުން ލަފާކުރާ ގޮތުގައި މެދު ރާއްޖެތެރެ އާއި ދެކުނަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައި އެވެ.

މެޓުން ލަފާކުރާ ގޮތުގައި އީދު ދުވަހު، ރާއްޖޭގެ އުތުރަށް މޫސުން ރަނގަޅުވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް