ads
ބައްސާމް އަދީލް ޖަލީލް
އެފްއޭއެމް ނޯމަލައިޒް ކުރަން ފީފާގެ ޓީމެއް އަންނަނީ
އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތަކާ އަދި އިދާރީ ގޮތުން ބޮއްސުންލާފައިވާ ކަންކަން ބަލައި ހައްލުކޮށް، އެފްއޭއެމް ނޯމަލައިޒް ކުރުމަށް ފީފާގެ ޓީމެއް މި ހިނގާ އޭޕްރީލް މަހު ރާއްޖެއަށް އަންނާނެ ކަމަށް ބައެއް ރިޕޯތްތައް ބުނެފިއެވެ.

އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އާއި އޭއެފްސީގެ ފަރާތްތައް ހިމެނޭ ޓީމުން ރާއްޖެ އައިސް، ދިވެހި ފުޓްބޯޅައިގެ ހާލަތު ދެނެގަންނާނެއެވެ. އަދި އެއަށް ފަހު، ބައްސާމް އެފްއޭއެމުން ދުރުކޮށް ނޯމަލައިޒް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެފްއޭއެމްގެ އިންތިހާބުވެސް ފީފާއިންވަނީ ހުއްޓުވާފައެވެ.

ރާއްޖެއަށް އަންނަ ފީފާގެ ޓީމުން، އެފްއޭއެމް އާއި ދިވެހި ފުޓްބޯޅައާ ގުޅޭ އެކި ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ކޮރަޕްޝަންގެ ހާއްޔަކަށްވެފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ޖިނާއީ ދައުވާ އުފުލި އަންނަނީ މައްސަލައިގެ ޝަރީއަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް