ads
ނަބީ އަދި ނަބާ- ފޮޓޯ އެމްއޯސީ
ބެޑްމިންޓަން ޓީމު ޗައިނާއަށް
ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުން ޗައިނާގައި ކުރިއަށްދާ ބޭންކް އޮފް ނިންބޯ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

މި މުބާރާތުގައި ރާއްޖޭން ވާދަކުރާ ދިވެހި ޓީމުގައި ހިމެނެނީ އަޖުފާން ރަޝީދު، ނިބާލް އަހުމަދު، ޒަޔާން ޒަކީ، އައިމިނަތު ނަބީހާ، އަދި ފާތިމަތު ނަބާހާ އެވެ. ދިވެހި ކުޅުންތެރިން އިވެންޓްތަކުގައި ވާދަކުރަނީ، ކޮލިފައިން ރައުންޑް ރޮބިން ބުރުގަ އެވެ.

ފިރިހެން ސިންގަލްސްގައި ކޮލިފައިން ގްރޫޕް ބީގައި ޒަޔާން ނުކުންނާނީ މަކާއުގެ ޕަންގް ފޮންގް އާއި ޓިމޯ ލެސްޓޭގެ ރޭމަންޑް ސިންގްއާ ދެކޮޅަށެވެ. އަންހެން ސިންގަލްސްގައި، ރާއްޖޭގެ ނަބާހާ ބައްދަލުކުރާނީ ބަންގްލަދޭޝްގެ ނާސިމާ ހަތުން އާއި މަކާއުގެ ޕުއި ޗީ ވާއާ އެވެ.

ފިރިހެން ޑަބަލްސްގައި އަޖުފާން އާއި ނިބާލްގެ ޕެއާ ކުޅޭނީ، ޔޫއޭއީގެ ދޭވް އައްޔަޕަން އާއި ދިރޭން އައްޔަޕަންގެ ޕެއާ އަދި ސްރީ ލަންކާގެ ބުވެނޭކަ ގޫނެތިލަކަ އާއި ވިރޭން ނެތަސިންހޭގެ ޕެއާއާ އެވެ. އަންހެން ޑަބަލްސްގައި ނަބާހާ އާއި ނަބީހާގެ ޕެއާ އިން ކުޅެން ޖެހެނީ، މެލޭޝިއާގެ ފެލީޝިއާ ސިން އާއި ފޮންގް ފްލޯރާގެ ޕެއާ އަދި އިންޑިއާގެ ސިމްރަން ސިންގީ އާއި ރިތިކާ ތާކަރުގެ ޕެއާއާ އެވެ.

މިކްސް ޑަބަލްސްގައި ރާއްޖޭގެ ޒަޔާން އާއި ނަބާހާގެ ޕެއާ ކުޅެން ޖެހެނީ، އިންޑިއާގެ ސަތީޝް ކުމާރު އާއި އާދިޔާ ވާރިޔާތުގެ ޕެއާ އަދި ސައުދީ އަރަބިއްޔާގެ މަހްދު ޝައިހު އާއި ހަދީޖާ ކައުސަރުގެ ޕެއާއާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް