ads
މުސްލިމް ވޯލްޑް ލީގުގެ މަތީ މަޖިލީހަށް ޝަހީމް އައްޔަންކޮށްފި
މުސްލިމު ވޯލްޑްލީ ރާބިޠަތުލްއާލަމީލް އިސްލާމީގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަނު ކޮށްފި އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ ރާބިޠާގެ އެންމެ މަތީ މަޖިލީހަށް ޑރ ޝަހީމް އައްޔަންކުރެއްވީ އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޑރ މުހައްމަދު ބިން އަބްދުލްކަރީމުލް އީސާކަމަށެވެ. އަދި ރާބިޠާގެ އެންމެ މަތީ މަޖްލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަހުސިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ މަޖިލީހެއްކަމަށްވެސް އެ ވުޒާރާއިން ބުނެ އެވެ.

ރާބިޠާއަކީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަގުވާމީ ޖަމިއްޔާއެވެ. އެތަނުގެ ހެޑް އޮފީސް ހުންނަނީ މާތްވެގެންވާ މައްކާގައެވެ.

ޝަހީމަކީ ދުނިޔޭގެ އެންމެ ވަރުގަދަ އިސްލާމީ ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނިވަޑަައިގަންނަވާ ބޭފުޅެކެވެ. އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ތެރޭގައި ވެެސް ހިމެނިވަޑައިގަތެވެ. ޝަހީމް ވަނީ އޯއައިސީގެ އިސް މަގާމެއް ވެސް ފުރުއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް