ads
ކުރިން އަތުލައިގަނެފައިވާ ޑްރަގް - ފޮޓޯ: ޕޮލިސް
3 މަހުން 14 ކިލޯގެ ޑްރަގްސް އަތުލައިގެންފި
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް 14 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ ފެށިގެން މާރިޗް މަހުގެ ނިޔަލަށް 13.92 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. 

އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 5.3 ކިލޯގެ ހެރޮއިން، 1.1 ކިލޯގެ އެމްޑީއެމްއޭ އަދި 570 ގްރާމުގެ މެތް ހިމެނޭ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދޮރުތައް ބަންދުކުރުމަށް ކަމާ ގުޅޭ މުއައްސަސާތައް ގުޅިގެން މިފަހުން ހާއްސަ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ތަފާތު ވަސީލަތްތައް ހޯދުމާއި ތަމްރީނުތައް ވަރުގަދަ ކުރުން ހިމެނެ އެވެ.

ފުލުހުން މި މަހުގެ ތިންވަނަ ދުވަހު ބުނެފައި ވަނީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އޭގެ ކުރީ ތިން ދުވަހުގެ ތެރޭގައި ހިންގި އެކިއެކި އޮޕަރޭޝަންތަކުގައި 22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް