ads
ރިއާލްއާ ސިޓީގެ މެޗު އެއްވަރު
ރިއާލްއާ ސިޓީގެ މެޗު އެއްވަރު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރިއާލް މެޑްރިޑާ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިޑު ބައްދަލު ކުރި މެޗު ރެއާލްގެ އަމިއްލަ ދަނޑުގައި އެއްވަރުވީ ތިން ލަނޑު ތިން ލަނޑުންނެވެ. ފޯރި ގަދަ މި މެޗުގައި ސިޓީން ވަނީ ދެ ފަހަރެއްގެ މަތިން ލީޑު ވެސް ނަގައިފަ އެވެ. ނަމަވެސް، ރެއާލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން ވަރަށް ކުރީކޮޅު ސިޓީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ރިއާލުން އެއްވަރު ކުރިއެވެ. އެކަމަކު ދެވަނަ ފަހަރަށްވެސް ސިޓިން ލީޑު ނެގުމުން ރިއާލްއިން އެއްވަރު ކުރީއެވެ. އަދި ރިއާލުން ތިންވަނަ ލަނޑެއް ޖެހި ފަހުން ސިޓީން އެއްވަރުކޮށް މެޗު ނިމުނީ އެ ނަތީޖާއިންނެވެ.

މި ދެ ޓީމު ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް