ads
ޕީއެންއެފް އުފައްދަން ބާއްވަން އުޅުނު ޖަލްސާއަށް ގިޔާސުއްދީނަށް ވަނަ ނުދީ ފުލުހުން ސްކޫލް ބަންދުކޮށްގެން. ފޮޓޯ: އަދަދު
ރޭ ފުލުހުން ބާރު ބޭނުންކުރި ގޮތް ބަލަން ވަޒީރު އަންގަވައިފި
ރައީސް ޔާމީން އިސްވެ އުފެއްދެވި އާ ސިޔާސީ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ދިޔަ މީހުން ގިޔާސުއްދީން ސްކޫލަށްް ވަނަ ނުދީ ފުުލުހުން އަމަލުކުރި ގޮތް ބަލަން އަންގައިފިއެވެ.

ދާހިލީ ވަޒީރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރޭ ގިޔާސުއްދީން ކައީރީ ފުލުހުން މަސައްކަތް ކުރި ގޮތާއި ބާރުގެ ބޭނުންކުރި ގޮތް ބަލަން ފުލުހުންގެ ކޮމިޝަނަރ އަލީ ސުޖާއުއަށް އަންގާފައި ވާނެކަމަށެވެ. އަދި ހާއްސަކޮށް ރޭ އެސްއޯ ފުލުހުން ބޭނުންކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބެލުމަށްވެސް ވަޒީރު ވަނީ އަންގާފައެވެ.

" ރައީސުލްޖުމްހުިރިއްޔާ މުހައްމަދު މުއިއްޒު ވަނީ ސުލްހަވެރި އެއްވުންތަކާއި އަދި ރައްޔިތުން ކުރައްވާ އިހްތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދި އާއްމުކޮށް ރައްޔިތުންނާއި ގުޅޭކަންކަން ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވާއިރު ހާލަތާއި ނުބައްދަލު ބާރު ބޭނުންނުކުރެއްވުމަށާއި އަދި ވަކިން ޙާއްސަކޮށް ”އެސް. އޯ“ ފުލުހުން ޚާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރެއްވުމަށްވެސް އަންގަވާފައެވެ. " ވަޒީރު އިހްސާން އެކްސްގައި ލިޔުއްވާފައިވެއެވެ.

ޕީއެންއެފް އުފެއްދުމުގެ ރޭ ގިޔާސުއްދީންގައި ބާއްވަން އުޅުނު ޖަލްސާއަށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ.  ޖަލްސާ ފަށަން ތައްޔާރުވެފައިވަނިކޮށް ޖަލްސާއަށް ދިޔަ މީހުންނަށް ފުލުހުން ހުރަސްއަޅާ އެ ސްކޫލްގެ ގޭޓް ބަންދުކޮށް މީހުން ވަނަ ނުދީ ވަނީ ހިފަހައްޓާފައެވެ. އޭރު އެއްބަޔަކުވަނީ ޖަލްސާ އޮތް ގިޔާސުއްދީންގެ ހޯލަށް ވަދެފައެވެ. 

ޖަލްސާގެ ބައިވެރިން ގިޔާސުއްދީންނަށް ވަނުމަށް ހުރަސް އެޅުމުން ޕީއެންއެފްގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދުގައި މުޒާހަރާކޮށްފައެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭ ވަނީ ބޭނުންކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް