ads
ވިލިފުށި
ގެނބިގެން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ތ. އަތޮޅުގެ ފަޅު ރަށަކަށް ދަތުރު ގޮސް އުޅުނު އަންހެން ކުއްޖަކު ގެނބިގެން ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ ދިވެހި އަންހެން ކުއްޖެއް ކަމަށެވެ.

އެ ކުއްޖާ ވިލުފުށީ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރާއި ހަވާލާދީ ފުލުހުން ބުނެ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ފޮރިންސިކް ފުލުހުންގެ ޓީމެއް ވިލުފުއްޓަށް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް