ads
ގެއްލިގެން ހޯދަމުން އަންނަ ޝަޒިއްޔާ އިބްރާހިމް.
ހުޅުމާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ
ހުޅުމާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަަށައިފިއެވެ.

ފުލުހުން ބުނިީ ހޯދަމުންދަނީ ގއ. ދާންދޫ، ނޫވިލާ، އުމުރުން 44 އަހަރުގެ ޝަޒިއްޔާ އިބްރާހިމްއެވެ. 

 އާއިލާއަށް އޭނާގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭޕްރިލް 08 ވަނަ ދުވަހުގެ 10:55 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. 

ޝަޒިއްޔާ އިބްރާހިމް ދިރިއުޅެނީ މާލޭގައިކަމަށާއި އޭނާގެ ފޯނަށް ނުގުޅޭތާ ތިން ހަފްތާ ވެފައިވާކަމަށް އާއިލާއިން ބުނެފައިވާކަމަށް ފުލުހުން ބުނެއެވެ. 

ޝަޒިއްޔާ އިބްރާހިމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.





0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް