ads
ޕީއެންއެފް އުފައްދަން ބާއްވަން އުޅުނު ޖަލްސާއަށް ގިޔާސުއްދީނަށް ވަނަ ނުދީ ފުލުހުން ސްކޫލް ބަންދުކޮށްގެން. ފޮޓޯ: އަދަދު
ރިޕޯޓުންވެސް އެސްއޯ ފުލުހުން ދިޔަ ސަބަބު ނޭގޭ، ބަލަން އެންގީ
ރޭ ޕީއެފްއެފް ޖަލްސާއަށް އަސް ހުރަސްއެޅުމަށް އެސްއޯ ފުލުހުން ދިޔަ ގޮތް ތަހުގީގުކުރުމަށް ރައީސް އެންގެވުމުން އެކުލަވާލި ރިޕޯޓުންވެސް އެކަން ސާފުނުވެ ފުލުހުން ފޮނުވި ގޮތް ބަލާ ފިޔަވަޅު އަޅަން އަންގައިފިއެވެ.

ރޭ ޕީއެންއެފް އުފެއްދުމަށް ބާއްވަން ގިޔާސުއްދީނަށް ދިޔަ އެޕާޓީގެ މެމްބަރުން އެ ސްކޫލަށް ވަނަނުދިނުމުން ހަމަނުޖެހުން ހިނގާ ފުލުހުން ވަނީ ޕެޕޭރ ސްޕްރޭ ބޭނުންކޮށްފައެވެ. 

އެސްއޯ ފުލުހުން އެއްވެސް ތާކަށް އެމަނިކުފާނަށް އެނގިވަޑައިގެން ނުނީ ނުފޮނުވަން އަންގާފައިވަނިކޮށް ފޮނުވި ސަބަބު ބަލާ ތަހުގީ ރިޕޯޓެއް އެކުލަވާލުމަށް އެންގިކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވިއެވެ. 

އެ ރިޕޯޓް މިރޭ ލިބުމުން ރައީސް ނިންމެވި ނިންމެވުންތައް ހޯމް މިނިސްޓްރީން ދާދި ދެންމެއަކު ވަނީ އާއްމުކޮށްފައެވެ. އެހެންނަމަވެސް މި މައުލޫމާތުތަކުންވެސް އެސްއޯ ފުލުހުން އެތަނަށް ދާން ކޮމާންޑް ދިން ގޮތެއް އެނގޭން ނެތުމުން އެކަން ވީ ގޮތް ބަލާ އެއްވެސް މީހަކު އިހްމާލުވެފައިވާނަމަ ގާނޫނީ ފިޔަވަޅު އަަޅަން ރައީސް އަންގަވާފައި ވާކަމަށް ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.  

ހޯމް މިނިސްޓްރީން ނެރުނު ބަޔާނަށް ބެލުމުން ، ރޭގެ އެތަނަށް އެސްއޯ ފުލުހުން ދިޔަ ސަބަބު ކޮމިޝަނަރަށް ވެސް ނޭގޭކަމަށް ބެލެވެއެވެ.

" ގިޔާސުއްދީން ސްކޫލްގައި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ޑިޕްލޮއި ކުރެވުނު ގޮތް ފުލުހުންގެ ޕްރޮޕެޝަނަލް ސްޓެންޑާންސް ކޮމާޑުން ތަހުގީގުކޮށް އެއްވެސް ފަރާތަކުން އިހުމާލެވެފައިވާނަމަ އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން." ރައީސް އެންގެވިގޮތްކަމަށް ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ހޯމް މިނިސްޓްރީން ބުނީ ރޭ ހިނގާދިޔަ ކަންތަކާއި ގުޅިގެން 5 ކަމެއް ކުރަން ރައީސް އަންގަވާގައިވާކަމަށެވެ. 

އަޅަން ރައީސް އެންގެވި ބައެއް ފިޔަވަޅު 

  • އެސްއޯ ފުލުހުން އެންގޭޖްވާން ޖެހޭ އޮޕަރޭޝަން ހާލަތު އަލުން ކަނޑައަޅާ، އެ ހާލަތްތަކުގައިވެސް ޑިޕްލޮއި ކުރުމުގެ ކުރިން ސީޕީގެ ހުއްދައިގެ ދަށުން އެކަން ކުރުން 
  • އެސްއޯ ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗަރުކޮށް ގޮންޖެހުންތައް ހައްލުކުރުން 
  • ޕީއެންއެފްގެ ޖަލްސާއަށް އެސްއޯ ފުލުހުން ނެރުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކޮށް، އިހުމާލުވެފައިވާ މީހުންނަށް ފިޔަވަޅު އެޅުން
  • އޮޕަރޭޝަނަލް ހާލަތްތުގައި މީޑިއާއަށް މައުލޫމާތު ދޭ ގޮތް މުރާޖައުކޮށް، މިހާރަށްވުރެ ދެ ފުށް ފެންނަ ގޮތަށް ހެދުން
  • ރޭ ގިޔާސުއްދީންގައި އެސްއޯ ފުލުހުން ބާރު ބޭނުންކުރި ގޮތް ރިވިއު ކޮމެޓީން ބަލާ އަަޅަން ޖެހޭ ފިޔަވަޅު އެޅުން 

ހޯމް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ ސަރުކާރުގެ ވިސްނުމަކީ އޯގާތެރި ކުލުނުވެރި ޕްރޮފެޝަނަލް އަދި ޖަވާބުދާރީވަނިވި ފުލުހުންގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ. 

"މި ފުރުސަތުގައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުން ރެއާއި ދުވާލު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް ހުރިހާ ފުލުހުންނަށް ޝުކުރު އަދާކުރަން." ހޯމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް