ads
މ.ރަބީއުވިލާގައި ރޯވެފައިވާ އަލިފާންގަނޑު މުޅި ގެއަށް ފެތުރިފައި
ރަބީއުވިލާގެ ވަރަށް އަވަހަށް ތަޅާލާނަން : އާދަމް ޝަރީފް
ރޭ އަލިފާނުގެ ހާދިސާ ހިނގި ރަބީއުވިލާގޭ އިމާރާތް ތަޅާލުމުގެ މަސައްކަތް ވަަަރަށް އަވަހަށް ކުރާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މ ރަބީއުވިލާގޭ ރޭ އިރާކޮޅު ވަނީ އަލީފާން ރޯވެ އަނދާފައެވެ. އެގޭގެ 4 ވަނަ ފަނގިފިލާގައި ރޯވި އަލިފާންގަނޑު މާގިނައިރުތަކެއް ނުވަނީސް  ވަނީ ނިއްވާލާފައެވެ. މި ހާދފީސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. 

މި ގެއަކީ ދުވަސްވީ އިމާރާތެއްކަމުން އެގޭގައި އެގޭގެ ވެރި ފަރާތުގެ އައިލާ އެއްވެސް މީހަކު ނުޅޭކަމަށް ވެއެވެ. އެހެންނަމަވެސް ގަވައިދާ ހިލާފަށް އުޅޭ ބައެއް މީހުން އެގޭ ތެރޭ ދިރިއުޅޭކަމަށް އެ ހިސާބު ބައެއް މީހުން ބުނެއެވެ. 

ރޭގެ އަލިފާނުގެ ހާދިސާއަށް ފަހު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ މ ރަބީއުވިލާ ގެއަކީ މީހުން ދިރިނޫޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ބޮލަށް ވެއްޓޭ ވަރަށް ބާވެފައި ހުރި އިމާރާތެއްކަމަށެވެ. އެހެންކަމުން އެގެ ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެކަމަށް ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ. 

" މަގުމަތީ ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް މެދުވެރ ވެދާނެކަމަށްޓައި ސަރުކާރުގެ ކަމާއި ކަމާ ގުޅުން ހުރި ފަރާތްތަކާއި ވާހަކަ ދައްކައިގެން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިޔަށް ގެންދާނަން. " އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

ރޭގެ އަލިފާނުގެ ހާދިސާއަށް ފަހު އެ މަގަށް ނުވަދެވޭ ގޮތަށް ފުލުހުން ވަނީ އެ ސަރަަހައްދު ބަންދުކޮށްފައެވެ. 

މާލޭ މިގޮތަށް ގިނަ ދުވަސް ބާވެފައިވާ ބައިވަރު އިމާރާތްތައް އެބަހުއްޓެވެ، އަދި މި ފަދަ އިމާރާތްތަކުން ބައިބައި ވެއްޓީ މަގުމަތިން ދިޔަ މީހުންނަށް އަނިޔާވެ ބައެއް އުޅަނދުތަކަށް ގެއްލުން ލިބުނު ހަދިސާތައްވެސް އަންނަނީ ހިންގަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް