ads
ރައީސް ސާލިހް އައްޑޫ ސިޓީއަށް ވަދައިގަތުމުން އާއްމުން މަރުހަބާ ކިޔަނީ
މަޖިލިސް ކެމްޕެއިނަށް ކުރީގެ ރައީސް ސާލިހް އައްޑޫއަށް
ރައްޔިތުން މަޖިލީހުގެ ކެމްޕެއިންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އައްޑޫސީޓިއަށް ވަޑައިގެންފިއެވެ.

މި ދަތުރުގައި ރައީސް ސާލިހާއި އެކު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްވެސް ބައިވެރިވެޑައިގަންނަވައެވެ. ރައީސް ސާލިހަށް އައްޑޫ ސިޓީން މަރުހަބާ ކީ މަޖިލީހުގެ ރައިސް މުހައްމަދު އަސްލަމާއި އެ ސިޓީގެ މޭޔަރު އަލީ ނިޒާރުގެ އިތުރުން އައްޑޫ ސީޓީގެ އެކި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންނެވެ. 

ރައީސް ސާލިހް އައްޑޫ ސިޓީއަށް މި ވަޑައިގަތީ މަޖލިސް އިންތިހާބުގެ ކެމްޕެއިންނަށް ދެކުނަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރޭ ރައީސް ސާލިހް ވަނީ ފުވައްމުލަކު ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ބޭއްވި ކެމްޕެއިން ޖަލްސާތަކުގައި ބައިވެރިވެފައެވެ. 

your imageރައީސް ސާލިހް އައްޑޫސިޓީއަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުމެ ތިބި ބައެއް މީހުން 

ރައީސް ސާލިހް މިއަދާ މާދަމާ އައްޑޫގައި މަޑުކުރެއްވުމަށް ފަހު ހުވަދު އަތޮޅަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މާދަމާ ނުރަސްމީ ދަތުރުފުޅެއްގައި އައްޑީ ސިޓީއަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް