ads
ލ. އަތޮޅުގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމް ކުރުމުގެ މަސައްކަތް މިރޭ ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުން -- ފޮޓޯ/ އެމްޕީއެލް
ލ.ގައި ބަންކަރިން ހިދުމަތް ދޭ މެރިޓައިމް ހަބް ހެދުމަށް، ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
ލ. އަތޮޅުގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމް ކުރުމުގެ މަސައްކަތް މިރޭ ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
Advertisement

ލ. އަތޮޅަށް މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމްޕީއެލްއާއި ޗައިނާ ސީއޭއެމްސީ އިންޖިއަރިން ކުންފުންޏާއެކު މިރޭ ވަނީ ސޮއިކޮށްފަ އެވެ. ގާދޫ މެރިޓައިމް ހަބްގެ މަޝްރޫއުގައި ސޮއިކުރެއްވީ މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް އެވެ. 

މި މަޝްރޫއު އެމްޕީއެލް އިން ހިންގަނީ މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ހިމެނޭ "އިންޓަގްރޭޓާޑް ކޮންސެޕްޓް" އަކަށެވެ.

މި ރަސްމިއްޔާތުގައި ވަޖީހު ވިދާޅުވީ ރައީސް މުއިއްޒުގެ އިގްތިސާދީ އެޖެންޑާގައި ގިނަ ކަންކަން ހިމެނޭއިރު، މިއީ މިއިން ޒަމާނަކު ރައީސަކު ގައުމުގެ އިގްތިސާދާ މެދު ވިސްނަވާފައި ނެތް ވަރަށް އެ މަނިކުފާނު ގައުމުގެ އިގްތިސާދާ މެދު ވިސްނަވާ ކަމުގެ ހެއްކެއް ކަމަށެވެ.

ވަޖީހު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ދެ ނަސީބެއް ލިބިފައިވާ ގައުމެކެވެ. އެއީ ހުދު ދޮންވެލި ގޮނޑުދޮށްތަކަކާއި ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން އެތައް ފައިދާއެއް ކުރާނެ ގައުމެއް ކަމަށް ވަޖީހު ވިދާޅުވި އެވެ. އެކަމަކު އެ ނަސީބު އޮތް ނަމަވެސް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މިހާތަނަށް ހިފާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"މި ކްރޫޒްލައިން ޓާމިނަލްގެ ސަބަބުން އިގްތިސޯދީ ބޮޑު ބަދަލެއް އަންނާނެ. އެކަމަކު މި ފެންވަރުގެ ބޭފުޅުންނަށް ހިދުމަތް ދެވޭނެ ގޮތެއް ނެތް،" ވަޖީހު ވިދާޅުވި އެވެ.

މަޝްރޫއުގައި ހިމެނޭ މުހިންމު ބައިތައް:

 * އޮފްޝޯ ބަންކަރިންގެ ހިދުމަތް

 * ކްރޫޒް ޓާމިނަލްގެ މަސައްކަތް

 * ކޯލްޑް ސްޓޯރޭޖު ހިދުމަތް

 * އިކޯ ޓޫރިޒަމްގެ ރިސޯޓް

 * ސުޕަ ޔޮޓް މެރީނާއެއް

 * ޓްރާންޝިޕްމަންޓް ޕޯޓް

މި މަޝްރޫއުގެ ބައެއްގެ ގޮތުގައި އިންޓަަގްރޭޓަޑް އީކޯ ޓޫރިޒަމް މަޝްރޫއެއް ވެސް ހިމެނެ އެވެ. އެގޮތުން ގާދޫގައި ޓޫރިސްޓް ހޮޓަލާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަގްރޭޓަޑް އީކޯ ޓޫރިޒަމް ކޮންސެޕްޓް ތައާރަފްކުރާނެ އެވެ. މީގެ ސަބަބުން ލާމު އަތޮޅުގެ އިގްތިސާދު އެހެން ހަރުފަތަކަަށް ޓޫރިޒަމްގެ ތެރެއިން ލާފައި އަރައިގެންދާނެ ކަމެކެވެ.

އެ މަޝްރޫއާ އެކު މަދުވެގެން 2،000 އެއްހާ ވަޒީފާ ލ. އަތޮޅުގެ ޒުވާނުންނަށް އުފެދޭނެ ކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް