ads
މެސީ
މެސީއަކަށް ނުވި، ޓީމު ގަނޑު ކަޓައިފި
ކޮންކާކަފް ޗެމްޕިއަންސް ލީގުން ލިއޮނަލް މެސީގެ އިންޓަމިޔާމީ ކަޓައިފިއެވެ.

ކޮންކާކަފް ޗެމްޕިއަންސް ލީގުން އިންޓަމިޔާމީ ކެޓީ، ދެވަނަ ލެގުގައިވެސް މޮންޓްރޭއާ އަތުން ބަލިވެގެންނެވެ. ދެވަނަ ލެގުގައި ތިން ލަނޑު އެއް ލަނޑުން އިންޓަމިޔާމީ ބަލިވިއިރު، ފުރަތަމަ މެޗުން ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. އެހެންކަމުން މެސީގެ ޓީމު ކެޓީ ފަހެއް ދޭއްގެ އެގްރިގޭޓުންނެވެ.

ކެޕްޓަން ލިއޮނަލް މެސީއާ ނުލައި، ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުން ލެގުގައި އިންޓަމިޔާމީ ކުޅުން ނަމަވެސް ދެވަނަ ލެގުގައި މެސީ ސްޓާޓް ކުރިއެވެ. 

މި މެޗުގައި މެސީއަށް މާބޮޑު ކަމެއް ނުކުރެވުނުއިރު، ބާސާގައި މެސީއާއެކު ކުޅުނު ޖޯޑީ އަލްބާއަށްވަނީ މި މެޗުގައި ރަތް ކާޑުވެސް ދައްކާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް