ads
ރައީސް މުހައްމަދު ނަޝީދު
އަސްލު އެމްޑީޕީއަކީ އަޅުގަޑުމެން ޑިމޮކްރެޓްސް : ނަޝީދު
އަސްލު އެމްޑީޕީއަކީ ޑިމޮކްރެޓްސް މެމްބަރުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑިޕީ ތެެރޭގައި ހިޔާލު ތަފާތުވުން އުފެއްދި އެޕާޓީން ވަކިވި ބައެއް މެމްބަރުން އުފެއްދި ޑިމޮކްރެޓްސް އުފެއްދެވުމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ނަޝީދެވެ. 

ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމަށް ސިޔާސީ ކަންކަމުން ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގަތުމަށް ނިންމެވިކަން މިދިޔަ މަހުގެ 12 ވަނަދުވަހު ވަނީ އިއުލާންކުރައްވާފައެވެ. އޭގެ ފަހުން ސިޔާސީ ކަންކަމުގައި ޕޯސްޓް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނު ގެންގުޅުއްވާ ނުރަސްމީ އެކައުންޓުންނެވެ. 

އެ އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރަށް ފާރަވެރިވެވޭނީ ކުރީގައި ވެސް އެކަން ކުރި މީހުންނަށް ކަމަށާއި އެއީ ޑިމޮކްރެޓްސްއަށް ކަމަށެވެ. އަދި އެމްޑީޕީގެ ގިނަ މަޖލިސް މެމްބަރުން ކޮންޓްރެކްޓެއްގެ ބޭނުމުގައި ފާރަވެރިވުން މުޅި ދޫކޮށްލާފައިވާކަމަށްވެސް ނަޝީދުގެ ޕޯސްޓްގައިވެއެވެ. 

" ދެންވެސް އެމްޑީޕީ އެމްޕީސް ( މަޖިލިސް މެމްބަރުން ) ގުޑާނީ ކޮންޓްރެކްޓަށް . އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސްގެ އަތުގައި. އަސްލު އެމްޑީޕީ އަކީ އަޅުގަނޑުމެން." ރައީސް ނަޝީދުގެ ޕޯސްޓްގައިވެއެވެ.

ގާނާގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ރަައީސް ނަޝީދު ޑިމޮކްރެޓްސްގެ ކެމްޕެއިން ޖަލްސާތަކެއްގައި ބައިވެރިވެޑައިގަތުމަށް މިމަހު ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމެޖހިފައެވެ. ނަޝީދު ބައިވެރިވެޑައިގަންނަވާ ޖަލްސާތައް އޮންނާނީ މިމަހުގެ 19 އަދި 20 ވަނަދުވަހުއެވެ.

އެމްޑީޕީން ވަކިވެގެން ޑިމޮކްރެޓްސްއަށް ދިޔަ ބައެެއް މެމްބަރުން އެޕާޓިން ވަކިވެ މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިފައެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް