ads
އެމެރިކާ ސިފައިންގެ ފައުޖެއް
އީރާނުން އިޒްރޭލަށް ހަމަލާ ދީފާނެތީ އެމެރިކާ އެލާޓަށް
ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ހަމަލާދީ, އީރާނުގެ ހަތް ސިފައިން މަރައިލި ހާދިސާއާ ގުޅިގެން ޒަޔަނިސްޓު އިސްރާއީލުގެ ކިބައިން ބަދަލު ހިފާނެ ކަމަށާއި, ޔަހޫދީންނަށް އަދަބު ދޭނެ ކަމަށް ވިދާޅުވެ, އީރާނުގެ ޒައީމް އާޔަތުالله އަލީ ހާމަންއީ ޔަހޫދީންނަށް އިންޒާރު ދެއްވުމާއި ގުޅިގެން އިޒްރާލުގެ އަނިޔާވެރިކަމުގެ ބައިވެރިޔާ އެމެރިކާގެ އަސްކަރީ ފައުޖުތައް އެލާޓު ވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި މިހާރު ވެސް ތިބި އެމެރިކާގެ އާމީ ކޮމާންޑަރުން ވަގުތީ ގޮތުން މިހާރު ވަނީ އިޒުރޭލަށް ބަދަލުކޮށްފަ އެވެ. ބޭނުމަކީ އީރާނުން އިޒުރޭލަށް ހަމަލާދީފިނަމަ އިޒުރޭލުން ދޭ ހަމަލާތައް ރާވައި ހިންގުމެވެ.

އީރާންއާއި އިޒުރޭލާ ދެމެދު ހިނގާފާނެ ހަމަނުޖެހުމަކަށް މުޅި ދުނިޔެ އިންތިޒާރު ކުރަނިކޮށް އެމެރިކާގެ މިސައިލް މަނަވަރެއް، ވެސް މިއަދު ވަނީ އިޒުރޭލުގައި ބަނދަރުކޮށްފަ އެވެ.

އީރާންގެ ކިބައިން އަތުވެދާނެ ހަމަލާއަކަށް މުޅި އިޒުރޭލު އޮތީ ވަރަށް ބޮޑަށް ހުޝިޔާރުގަ އެވެ. ޒަޔަނިސްޓުން ބުނާ ގޮތުން އީރާނުން ކޮންމެ ފަދަ ހަމަލާއެއް ދިން ނަމަވެސް އެއަށް ވުރެ ވަރުގަދަ ހަމަލާތަކެއް އީރާނަށް ދޭނެ އެވެ. 

އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ ގާޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ އުދުވާނާ އެކު, ސޫރިޔާގައި ހަރަކާތްތެރިވާ އީރާނުގެ އަސްކަރިއްޔާގެ އޮފިޝަލުންނަށް ހަމަލާ ދިނުން ޔަހޫދީ ފައުޖުން ވަނީ އިތުރު ކޮށްފަ އެވެ. މީގެ ތެރެއިން ގިނަ ހަމަލާތައް އަމާޒު ކޮށްފައި ވަނީ އައިއާރްޖީސީގެ ސިފައިންނާއި ކޮމާންޑަރުންނަށެވެ. އަދި, އީރާނުން ވާގިވެރިވާ ލުބްނާނުގެ ހިޒްބުالله ޖަމާޢަތުގެ ހަނގުރާމަވެރިންނަށެވެ.

"އަހަރެމެންގެ ކޮންސިއުލޭޓް ސަރަހައްދަށް އެމީހުން ހަމަލާއެއް ދިނުމަކީ އަހަރެމެންގެ ސަރަހައްދަށް އެމީހުން ހަމަލާއެއް ދިނުން، މި ނުލަފާ ވެރިކަމަށް އަދަބު ދޭން ޖެހޭ، އަދި އަދަބު ދެވޭނެ" ޓީވީއަށް ދެއްވި ތަގްރީރެއްގައި އީރާންގެ އާޔަތުއްލާ އަލީ ހާމެނީ ވިދާޅުވި އެވެ.

އީރާންގެ އިންޒާރުތަކާ ގުޅިގެން އިޒްރޭލުން ވައިގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ސިފައިންނަށް ޗުއްޓީ ދިނުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ. މި ބިރާ އެކު އެމެރިކާގެ މަނަވަރުތައް އިޒްރޭލު ކައިރިއަށް ފޮނުވައި، އެމެރިކާ އިން ވަނީ އިޒްރޭލު ހިމާޔަތްކުރާނެ ކަމަށް ބުނެފަ އެވެ.

އިޒްރޭލާ އެކު އެމެރިކާއިން ސާބިތުކަން މަތީ އޮތް ކަމަށް ރައީސް ބައިޑަން ވިދާޅުވެފައި ވަނީ ވައިޓް ހައުސްގައި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާއާ އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

"އަހަރެން ބޮޑުވަޒީރު ނަތަންޔާހޫއަށް ދެންނެވި ފަދައިން، އީރާނާއި އީރާނުން މަދަދުވެރިވާ ގްރޫޕުތަކުން އިޒްރޭލުގެ ސަލާމަތަށް ދެމުން އަންނަ އިންޒާރުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި އަހަރުމެން ސާބިތުކަން މަތީ ދެމިތިބޭނަން،" ބައިޑަން ވިދާޅުވި އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނީ އީރާނުން ބަދަލު ހިފުމަށް ހަމަލާ ދޭނީ އިޒްރޭލުގެ މަސްލަހު ހިމެނޭ، އިޒްރޭލުން ބޭރުގައިވާ ތަންތަނަށް ކަމަށް ކުރިން ބެލެވުނަސް މިިހާރު ބެލެވެނީ ސީދާ އިޒްރޭލުގައި ހަމަލާ ދޭނެ ކަމަށެވެ. އެ ނޫހަށް ވާހަކަ ދެެއްކެވި އޮފިޝަލް ވިދާޅުވީ އިޒްރޭލުގެ އުތުރު ނުވަތަ ދެކުނަށް އީރާނުން ހަަމަލާ ދީފާނެ ކަމަށް ބޮޑަށް ބެލެވޭތީ އިޒްރޭލު މިހާރު އޮތީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. އަދި އެމެރިކާއާއި އިނގިރޭސިވިލާތް އެ އޮތީ ޒަޔަނިސްޓުންގެ ދިފާއުގައި -- އިޒުރޭލަށް ކޮންމެ ބަޔަކު ހަމަލާދިން ނަމަވެސް -- އެ ބަޔަކާ ދެކޮޅަށް ހަނގުރާމައަށް ތައްޔާރަށެވެ. 

އެމެރިކާގެ ނުފޫޒުގެ ދަށުގައިވާ ގަލްފުގެ އަރަބި ގައުމުތަކުގެ ތެރެއިން ބައެއް ގައުމުތަކަކީ އީރާން ހަލާކުކޮށްލަން ބޭނުންވާ ގައުމުތަކަކަށްވާތީ އިސްރާއީލުން ނޫނީ އެމެރިކާއިން އީރާނާދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ އެގައުމުތަކުގެ ތާއީދުވެސް އެމެރިކާއާއި އިސްރާއީލަށް ލިބޭނެކަމަށް އިސްރާއީލު ދެކެއެވެ.

މި ހަމަލާތައް ކުރިޔަށްއޮތް 24 ގަޑީއިރު ތެރޭގައި ނޫނީ 48 ގަޑީއިރު ތެރޭގައި އީރާނުން ދޭނެކަމަށް އެމެރިކާގެ ޖާސޫސީ ދެ މަސްއޫލުވެރިންނާއި ހަވާލާދީ ދުނިޔޭގެ ބޮޑެތި މީޑިއާ ހައުސްތަކުންވަނީ ރިޕޯޓްކޮށްފަ އެވެ.

އިޒުރޭލާ ދެކޮޅަށް ހަނގުރާމަވެރި ގުރޫޕްތަކުން އަދި ވަރުގަދަ ހަތިޔާރެއް ބޭނުންނުކުރި ނަމަވެސް، މި ގުރޫޕްތައް -- އީރާންގެ އަމުރަށް އެއްފަހަރާ އިޒުރޭލަށް ހަމަލާދީފި ނަމަ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ އެވެ. އަދި މި ހަމަލާތައް ފުޅާވެ ހަނގުރާމައާ ގުޅުމެއް ނެތް ގައުމުތަކަށް ފެތުރުމަކީ ވެސް އޮތް ބިރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް