ads
ރައީސް ޑރ. މުއިއްޒު ލ. މާވަށުގައި. --- ފޮޓޯ: ރައީސް އޮފިސް
ލ. އަތޮޅާއި އައްޑުއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ހައްދުންމަތީގެ ބައެއް ރަށްތަކަށް އަދި އައްޑޫ ސިޓީއަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފި އެވެ.
Advertisement

މިދިޔަ ބުރާސްފަތި ދުވަހު ދެކުނުގެ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ އެމަނިކުފާނުގެ ފުރަތަމަ މަންޒިލަކީ ލ. އަތޮޅުގެ ބައެއް ރަށްތަކެވެ. އެގޮތުން އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި ހުރިހާ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވައި، ހައްދުންމަތީގެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

ހައްދުންމަތީ ކައްދޫ ޑޮމެސްޓިކް އެއަރޕޯޓް ބައިނަލްއަގުވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކުރުމާއި ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބް އިފުތިތާހު ކުރުމާއި ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބުގެ ކޮންޓްރެކްޓް އެވޯޑްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިންނެވެ.

ހައްދުންމައްޗަށް އެމަނިކުފާނު މި ކުރެއްވި ރަސްމީ ދަތުފުޅު ނިންމަވާލެއްވުމަށްފަހު، ނުރަސްމީ ދަތުރުފުޅެއްގައި އިއްޔެ ހަވީރު ވަޑައިގެންނެވީ އައްޑޫސިޓީ އަށެވެ.

އައްޑުއަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ އައްޑު ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައިވެ އެވެ. މި ސަރުކާރުގައި އައްޑޫ ސިޓީއަށް ގިނަ ތަރައްގީގެ މަޝްރޫއުތައް ގެންނާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ. މި ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ލިބޭނީ މަޖިލިސް މެޖޯރިޓީ ސަރުކާރަށް ލިބިގެންކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އައްޑޫސިޓީގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، މާލެއާއި އެއް ފެންވަރުގެ ހިދުމަތް ނުވަތަ އެއަށްވުރެ މަތީ ފެންވަރަށް އައްޑޫ ސިޓީ ތަރައްގީކުރައްވާނެކަމަށެވެ.

"މިއީ ވަރަށް ގިނަ ވާހަކަ ހަގީގަތުގަ. ވަރަށް ގިނަ ކަންކަން ގުޅި ލާމެހިގެންދާ ކަންކަން. އަޅުގަނޑު ބޭނުމެއް ނޫން ތި ރައްޔިތުންނަކީ ތަރައްގީގެ އުންމީދުގައި ދެބަ ދޭތެރޭ ތިބޭ ބަޔަކަށް ވާކަށް. ތަރައްގީގެ އުންމީދުގައި ހަގީގީ ކުލަޖެހި، އަމަލީ ސިފައިގައި ނަތީޖާނެރެ ތަރައްގީ ދައްކައިދޭން އަޅުގަނޑު ބޭނުންވަނީ. އެކަން ކުރެވޭނީ ތިބޭފުޅުން ދެއްވާ އެއްބާރުލުން ދެއްވައިގެން. 100 ޕަސެންޓު ދެއްވާނެކަން." ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

އެހެންކަމުން އެމަނިކުފާނުގެ ދައުރުގެ އެންމެ ފުރަތަމަ ދުވަހުވެސް އެ މަސައްކަތް ފަށްޓަވާފައިވާކަން ތަކުރާރުކުރައްވާ ރައީސް ވިދާޅުވީ ކޮންމެ ދުވަހަކީވެސް ރައްޔިތުންގެ ކުރިއެރުމާ ތަރައްގީއަށް މަސައްކަތް ކުރާ ދުވަހަކަށް ހަދަން ބޭނުންވާކަމަށެވެ. ރައީސް ވަނީ ދެކުނު ޒޯންގެ މައި ހަބަކީ އައްޑޫ ސިޓީކަމުގައި ހަދާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް