ads
އެރިކް ޓެން ހޭގް
ލަނޑު ޖަހާނެ މީހަކު ބޭނުން
އަންނަ ސީޒަންގައި ޔުނައިޓެޑަށް ލަނޑު ޖަހާނެ މީހަކު ބޭނުން ކަމަށް ކޯޗު އެރިކް ޓެން ހޭގު ބުނެފިއެވެ.

ސީޒަންގައި ލީގުގައި ދެން ބާކީ ހަތް މެޗު އޮތް އިރު ޔުނަައިޓެޑަށް ސީޒަންގައި ޖެހިފައިވަނީ އެންމެ 45 ލަނޑެވެ. މިއީ ގަދަ 10 ގެ ތެރެއިންވެސް އެންމެ މަދު އަދަދެވެ. 

މިކަމާ ގުޅިގެން ވާހަކަ ދައްކަމުން ޓެން ހޭގު ބުނީ އަންނަ ސީޒަނަށް ލަނޑު ޖަހާނެ ރަނގަޅު ފޯވާޑެއް ކޮންމެހެންވެސް ބޭނުން ކަމަށެވެ. 

ޔުނައިޓެޑުގެ ފޯވާޑް ލައިންގައި އިސްރޯލެއް މިހާރު ކުޅެނީ ރަސްމުސް ހޮއިލަންޑްއެވެ. ޓެން ހޭގް ބުނި ގޮތުގައި ހޮއިލަންޑާއެކު އިތުރު ފޯވާޑެއް އަދި ބޭނުންވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް