ads
ރައީސް ފ އަތޮޅަށް ފުރާވަޑައިގަންނަވަނީ
ކޮއްކޯފުޅު ވާދަކުރައްވާ އަތޮޅަށް ރައީސް ފުރާވަޑައިގެންފި
ނިލަންދެ އަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުރާވަޑައިގެންފިއެވެ.

ރައީސް މުއިއްޒު މިރޭ ފ. އަތޮޅަށް ފުރާވަޑައިގެންނެވިއިރި އެމަނިކުފާނުގެ އެއްބަނދު ކޮއްކޯފުޅު ފާތިމަތު ސައުދާ އަންނަ ރައްޔިތުން މަޖިލީހުގައި ވާދަކުރައްވަނީ އެއަތޮޅު ނިލަންދީ ދާއިރާއަށެވެ. އަދި ރަައީސް މި ދަތުރު ފެއްޓެވިއިރު ނިލަންދޫގައި އަޅަން ނިންމި އެޢާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް މިއަދި ފެށި ވާހަކަ އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

ނިލަންދޫގައި އެއާޕޯޓްގެ މަސައްކަތް ފެށުމަށް އެ އަތޮޅު މަގޫދޫގައި އަޅަމުންދިޔަ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމުން އެރަށުގެ ރައްޔިތުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާވެސް ކޮށްފަައެވެ. 

your imageނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ރައީސްގެ ކޮއްކޯފުޅު ސައުދާ

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފާފުއަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އެ އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި ހުރިހާ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވައި، ނިލެންދެއަތޮޅު އުތުރުބުރީގެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. 

ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަހަރު ފެށްޓެވި ސިލްސިލާ ދަތުރުފުޅުތަކުގައި، މިހާތަނަށް ވަނީ ޖުމްލަ 162 ކައުންސިލަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް