ads
އިޒްރޭލުގެ "ވޯ ކެބިނެޓް"ގެ ބައްދަލުވުމެއް ރޭގެ ހަމަލާތަކުގެ ވަގުތުގައި ކުރިއަށްދަނީ. -- ފޮޓޯ: އޭއެފްޕީ
އީރާނުން ދިން ހަމަލާތަކުގެ 99 ޕަސެންޓް ނާކާމިޔާބު: އިޒްރޭލު
އިޒްރޭލަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ރޭ ފޮނުވައިލި ޑްރޯންއާއި މިސައިލް ހަމަލާތަކުގެ 99 އިންސައްތަ ނާކާމިޔާބުކޮށްލެވިފައިވާ ކަމަށް އިޒްރޭލުން މިއަދު ބުނެފިއެވެ.

އިޒްރޭލުން ބުނި ގޮތުގައި އީރާން ހަމަލާއެއް އަސްކަރީ މަރުކަޒަކަށް އަމާޒުވެ އާދައިގެ ގެއްލުންތަކެއް ވެފައިވެ އެވެ. ހަމަލާތަކުގައި ޒަހަމްވީ ވެސް އެންމެ މީހެއް ކަމަށް ބުންޏެވެ.

އިޒްރޭލަށް އަމާޒުކޮށް އީރާނުން 300 އަށް ވުރެ ގިނަ ހަމަލާ ފޮނުވާލި ކަމަށް އިޒްރޭލުން ބުންޏެވެ. މި ހަމަލާތައް އައީ އީރާނާއި އިރާގާއި ޔަމަންގެ ތެރެއިން ކަމަށް ވެސް އިޒްރޭލުން ބުންޏެވެ.

ހަމަލާތައް ފޮނުވައިލުމަށް ފަހު އީރާނުން އދ. ގެ ސަލާމަތީ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ގައުމުން މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްކުރަން ނޭދޭކަން ހާމަކޮށްފައެވެ. އަދި، ރޭ ފޮނުވައިލި ހަމަލާތަކަކީ ސީރިއާގައި ހުންނަ އެ ގައުމުގެ އެމްބަސީއަށް ދިން ހަމަލާގެ ރައްދު ހަމަލާތަކެއް ކަމަށް ވެސް އީރާނުން ވަނީ ބުނެފައެވެ.

އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވެސް ވަނީ އެ ގައުމުން ވެސް މެދުއިރުމަތީގެ ހާލަތު ގޯސްކުރަން ނޭދޭ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، އިޒްރޭލުގެ ދިފާއަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ބްލިންކެން ވެސް ވަނީ އަރުވައިފަ އެވެ.

އީރާނުން ބުނީ ހަނގުރާމަފެށީ އިޒުރޭލުން ކަމަށެވެ. ހަނގުރާމަ ހުއްޓުވާނީ އީރާނުން ކަމަށެވެ. އީރާންގެ ޝައުގުވެރިކަން ހުރި ކޮންމެ ތަނަކީ އީރާންގެ ބިމުގައި ނެތަސް، ހިމާޔަތްކުރެވިގެންވާ ތަންތަން ކަމަށާއި އެއިން ކޮންމެ ތަނަކަށް ދޭ ހަމަލާ އަކީ އިރާނަށް ދޭ ހަމަލާތަކެއް ކަމަށެވެ.

އީރާނުން މި މާނަކުރަނީ ސީރިއާގެ ވެރިރަށް ދިމިޝްގައި ހުންނަ އީރާންގެ އެމްބަސީ އިމާރާޓަށް އިޒުރޭލުން ދިން ހަމަލާތަކަށެވެ. އީރާނުން އިޒުރޭލަށް ހަމަލާދޭން ޖެހުނު ސަބަބަކީ ވެސް މިއީ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް