ads
ފިތުރު އީދުގައި އުރީދޫއިން ކުރިއަށްގެންދިޔަ ބޯކިބާ ބެހުމުގެ ހަރަކާތުގެ ތެރެއިން - ފޮޓޯ: އުރީދޫ
ރާއްޖޭގެ އެކި ހިސާބުގައި ފިތުރު އީދުގެ ހަރަކާތްތައް އުރީދޫއާ އެކު!
މިއަހަރުގެ ފިތުރު އީދާއި ގުޅުވައިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ގިނަ ހަރަކާތްތަކެއް ބާއްވައިފި އެވެ.

އުރޫދޫއިން ބުނީ މިއީ މުޖުތަމައުގައި އުފާ ފާޅުކުރުމާއި އެއްބައިވަންތަކަން އިތުރު ކުރުމަށް ބޭއްވުނު ހަރަކާތްތަކެއް ކަމަށެވެ.

1. ބޯކިބާ ބެހުން – މާލެ އަދި ހުޅުމާލެ

ކޮންމެ އީދެއްގައި އުރީދޫގެ ފަރާތުން ކުރިއަށްގެންދާ އީދު ބޯކިބާ ބެހުން މި ފިތުރު އީދުގައިވެސް މާލެ އަދި ހުޅުމާލޭގައި ކުރިއަށް ދިޔ އެވެ. މިއީ އީދުގައި ޒަމާނުންސުރެ ސަޔަށް ބޯކިބާ ކެއެމުގެ އާދަޔާ ގުޅުވައިގެން އުރީދޫއިން ކުރިއަށް ގެންދާ ހަރަކާތެކެވެ. 

2. އީދު ހަދިޔާ ބެހުން

މިއަހަރުވެސް ކުޑަކުދިންނަށް އިރީދޫގެ ފަރާތުން އީދު ހަދިޔާ ބެހުން ކުރިއަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

3. އީދު ސައި – އެޗްޑީސީ އާއެކު

އެޗްޑީސީ އާއި ގުޅިގެން ފޭސް 2ގައި އީދު ސައި ބެހުން އީދު ދުވަހު ހެނދުނު ކުރިއަށް ދިޔަ އެވެ. 

4. ކުލަބު ހުޅު އަދި އުރީދޫ ގުޅިގެން ބޭއްވުނު ފެންކުޅި އަދި ވާދެމުން

ކުލަބު ހުޅުގެ ފަރާތުން ހުޅުމާލެ ހުޅު ބީޗު ސަރަހައްދުގައި ފެންކުޅި، ވާދެމުން އަދު ކުޑަކުދިންގެ ގިނަ ހަރަކާތްތަކެއް ހިމެނޭހެން ފޯރިގަދަ ހަރަކާތެއް ބާއްވާފައިވެ އެވެ.

5. ހުޅުމާލެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސޮސައިޓީގެ އީދު ސައި

ހުޅުމާލެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސޮސައިޓީގެ އީދު ސައި އީދު ނަމާދަށް ފަހު ހިޔާ ޓަވަރު ސަރަހައްދުގައި ބޭއްވި އެވެ.

your imageއުރީދޫ

6. މަޑުއްވަރީ މައިސްޓްރޯ ކަޕް – މެއިން ޕާޓްނާ

މ. މަޑުއަވަރީގައި ބޭއްވި މަޑުއްވަރީ މައިސްޓްރޯ ކަޕްގެ މެއިން ޕާޓްނަރ އަކީ އުރީދޫ އެވެ. މިއީ މަޑުއްވަރީ އީދު ހަރަކާތްތަކުގެ އެންމެ ބޮޑު އެއް ހަރަކާތެވެ.

7. މިލަންދޫ ކައުންސިލް ކަޕް – ބްރޮންޒް ޕާޓްނާ

ށ. މިލަންދޫ ކައުންސިލް ކަޕްގެ ބްރޮންޒް ޕާޓްނަރއަކީ އުރީދޫ އެވެ. ފުޓުބޯޅަ މުބާރާތްތަކަކީ ގިނައިން އީދާއި ދިމާކޮށް ބޭއްވޭ ހަރަކާތެކެވެ. 

8. ކުޑަރިކިލު ފުޓްސަލް މުބާރާތް – ޑިޖިޓަލް ޕާޓްނާ

ކުޑަރިކިލު ފުޓްސަލް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ އެވެ. އެ މުބާރާތް ރަށުގެ ފޯރިގަދަ މުބާރާތެއް ކަމުގައި ވިޔެވެ. 

9.  އޭދަފުށި ފުޓްސަލް ކަޕް – ޓައިޓަލް ސްޕޮންސާ

އޭދަފުށި ފުޓްސަލް މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ވެސް އުރީދޫ އެވެ. މިއީ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މުބާރާތެކެވެ. 

                                 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް