ads
އާސެނަލްގެ ކޯޗު
އާސެނަލްއަކަށް ނުވި، އެއްވަނަ ގެއްލިއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ބަލިވެ، ޑިފެންޑިންގ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޓޭބަލްގެ އެއްވަނަގައި ހަމަ ޖެހިލައިފިއެވެ.

ލީގުގައި އާސެނަލް ބަލިވީ އެސްޓަން ވިލާ އަތުންނެވެ. އާސެނަލް އަމިއްލަ ދަނޑުގައި ބަލިވީ ދެ ލަނޑު ސުން ލަނޑުންނެވެ. އާސެނަލް ކޮޅަށް ލަނޑުތައް ޖެހީ، މެޗުގެ ފަހުކޮޅުއެވެ. މެޗުގެ 84 ވަނަ މިނިޓްގައި ވިލާގެ ލެއޯން ބެއިލީ އެ ޓީމަށް ކުރިހޯދައިދިންއިރު، އޭގެ ތިން މިނިޓް ފަހުން، އޮލީ ވަޓްކިންސް ވަނީ ގޯލެއް ޖަހައި، ވިލާ އަށް އިތުބާރު ހޯދައިދީފަ އެވެ.

މި ނަތީޖާތަކަށް ފަހު ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ސިޓީ އަށް 32 މެޗުން ވަނީ 73 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އާސެނަލާއި ތިން ވަނައިގައި އޮތް ލިވަޕޫލަށް 32 މެޗުން 71 ޕޮއިންޓް ވަނީ ލިބިފަ އެވެ. 

ވިލާ އޮތީ 33 މެޗުން 63 ޕޮއިންޓް ހޯދައިގެން ލީގުގެ ތިން ވަނައިފަ އެވެ. ހަތަރެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް 32 މެޗުން ވަނީ 60 ޕޮއިންޓް ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް