ads
ޕީއެންސީ ކުޅުދުއްފުށި އޮފީހުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި މަސައްކަތް ކުރަނީ
ކުޅުދުއްފުށީ ޕީއެންސީ ކެންޑިޑޭޓް އޮފީހުގައި ރޯވެ އަނދައިފި
ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓް ފަރުހަތު މުހައްމަދު (ފަރޭ)ގެ ކެމްޕެއިން އޮފީހުގައި ރޯވެ އަނދައިފި އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ އޮފީހުގައި ރޯވީ ރޭ ފަތިހުގެ ވަގުތެއްގައިކަމަށެވެ. އަދި އެ ހާދިސާގައި އެތަން އެއްކޮށް އަދާފައިވާކަމަށް އެރަ|ށުން ވާހަކަ ދެއްކި މީހަކު ބުންނެވެ. 

އެހެންނަމަވެސް މިހާދިސާއާ ގުޅޭގޮތުން ޕީއެންސީއަކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އަދި ފުލުހުންވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް