ads
ޕީޕީއެމް އަދި ޕީއެންސީ ސަޕޯޓަރުން ގޮސް ފޮތި ދެމި އެމްޑީޕީގެ ޕޯސްޓަރު
އެންޓި ކެމްޕެއިން ހެކި ފޮނުވަން އިީސީން ވަޓްސްއަޕް ނަމްބަރެއް
އެންޓިކެމްޕެއިން ގޮތުގައި ފާހަގަކުރެވޭ ކަންކަމުގައި ފޮޓޯ ވީޑިއޯ ފޮނުވަން އިލެކްޝަންސް ކޮމިޝަނުން ނަމްބަރެއް ތައާރަފުކޮށްފިއެވެ.

ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަންނަ އެއްވެސް ހެއްކެއް ހުރިނަމަ އީސީން ތައާރަފުކުރި ވަޓްސް އަޕް ނަމްބަރު 7962129 އަށް ފޮނުވުމަށް އެ ކޮމިޝަނުން އެދެއެވެ. 

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ދިމާކޮށް އެންޓި ކެމްޕެއިން ކުރާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެެއްގައި ބުނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެންޓިކެމްޕެއިން އަމަލުތައް ފެންނަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.  އެގޮތުން ތާއީދު  ހޯދުމަށް ބޭނުންކުރާ ޕޯސްޓަރުތަކާއި ބެނާތަކުގައި ކެންޑިޑޭޓުންގެ އިންތިހާބީ ހަައްގަކަށް އިނިކަން ލިބޭގޮތަށް މެސެޖްތައް ދައުރުކުރަމުންދާކަން ފާހަގަކުރެވޭކަމަށްވެސް އީސީން ބުނެއެވެ. 

" ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އިންތިހާބާއި ބެހޭ އާއްމު ގަވައިދުގެ 19 ވަނަ މާއްދާގައި ބަަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ކެންޑިޑޭޓުންނަށް އިލްތިމާސްކުރަމެވެ. އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން." އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

އެންޓިކެމްޕެއިން ކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އީސީން ބުނިއިރު ސަރުކާރު ޕީއެންސީގެ ޕޯޑިއަމްތަކުގައި އިދިކޮޅު ފަރާތްތަކަށް ބިރުދައްކާ ފިޔަވަޅު އެޅުމަށް އަންނަނީ ގޮވާލަމުންނެވެ. މީގެ ބައެއް ވީޑިއޯތައް އާއްމުވިނަމަވެސް އީސީން ބުނީ މައްސަލަ ހުށައެޅުނުން ބަލާނެކަަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް