ads
ޕީއެންއެފްގެ އިސް ލީޑަރުން.ފ ފޮޓޯ: ޗެނަލް 13
މަޖިލިސް އިންތިހާބް ކެމްޕެއިނަށް ޕީއެންއެފް އަތޮޅު ތެރެއަށް
މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ޕީޕަލްސް ނޭޝަނަލް ޕްރޮންޓް (ޕީއެންއެފް)ގެ ޓީމުތައް އަތޮޅުތަކަށް ދަތުރު ފަށައިފިއެވެ.

މަޖިލިސް އިންތިހާބަށް ތާއީދު ހޯދުމަށް ޕީއެންއެފުން ކުރާ ދަތުރުތަކުގައި ޕާޓީގެ ވަގުތީ ރައީސް ޒޭން އަބްދުﷲ ޔާމީނާއި ވަގުތީ ސެނެޓްގެ މެމްބަރުން އަންނަނީ ބައިވެރިވަމުންނެވެ. ފުރަތަމަ މަންޒިލެއްގެ ގޮތުން ހުރާގައި ހުންނަވާ ވާހަކަދައްކަވަމުން ޕާޓީގެ ރައީސް ޒޭން ވިދާޅުވީ އެޕާޓީ ކެންޑިޑޭޓުން ނެރުނީ މިހާރު އޮތް ދެގޮތް ނޫން ގޮތަކުންވެސް ރައްޔިތުންނަށް ކުރިއެރުން އޮތްކަން ބުނެދިނުމަށް ކަމަށެވެ.

" އަޅުގަނޑުމެން މިއަދު މިކުރާ މަސައްކަތުގައި ބޭނުންވަނީ ކޮންމެ ހެން ސަރުކާރު ނޫނަސް ނޫނީ އިދިކޮޅުގައި އޮތް އެމްޑީޕީ ނޫނަސް އެނޫން ގޮތެއްވެސް ރައްޔިތުންނަށް އޮތްކަން ފަހި ފުރުސަތުތަކެއް. އަޅުގަނޑުމެން ކެންޑިޑޭޓެއް މި ދައްކަނީ ތިބޭފުޅުން ހައްގުގައި ދައްކަންޖެހޭ ވާހަކަތަކެއް ދައްކާ ރައްޔިތުންގެ އަޑު ކެނޑިނޭޅި މަޖިލީހުގެ ތަޅުމުގައި އިއްވުމަށް." ޒޭން ވިދާޅުވިއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވާ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމަށް ބާއްވަން އޮތް ޖަލްސާއަށް ފުލުހުން ހުރަސްއަޅަމުން ދަނިކޮށް އެ ޖަލްސާ ބާއްވާ ޕާޓީ އުފެއްދީ މިމަހުގެ 10 ވަނަދުވަހުގެ ރެއެވެ. 

ގިޔާސުއްދީންގައި ކުރިން ބާއްވަން އުޅުނު ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން އެންމެ ފަހުން އެ ޖަލްސާ ބާއްވާފައިވަނީ ރާޅުގަނޑު ސަރަހައްދުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް