ads
ރައީސް ޑރ. މުއިއްޒު
އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއްވެސް ކަމެއް ނޯންނާނެ: ރައީސް
އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގަލޮޅުގެ ދެ ދާއިރާއަކަށް ކޮންގްރެސްގެ ޓިކެޓް ގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތު ގައި ބައިވެރިވެވަޑައިގެން ވާދަވެރީންނަށް ރައީސް މުއިއްޒު، ރައްދު ދެއްވީ އެމަނިކުފާނު ހިންގަވާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ކަމަށް ބުނެ ރިޕޯޓްތަކެއް މިއަދު އާންމުކޮށްފައި ވަނިކޮށެވެ.

އިންޓެލިޖެންސް ރިޕޯޓްތަކެއް ކަމަށް ބުނެ މިއަދު އާންމުކުރީ އެއްވެސް ހަގީގަތެއް ނެތް ދޮގު ބަޔާންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ބޮލުގައި ދޮގު ތުހުމަތުތައް އެޅުވުމަކީ އިއްޔެ އަކު މިއަދަކު ފެށިގެން އުޅޭ ކަމެއް ނޫން ކަމަށެވެ. މާލެ ސިޓީގެ މޭޔަރުގެ އިންތިހާބުން ފެށިގެން ވާދަވެރީން ގެންދަނީ އެކަން ކުރެވޭނެ ގޮތެއް ހޯދަމުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނަކީ އިދިކޮޅުން އެ މަނިކުފާނު ކުރެއްވި ކަމަށް އުންމީދު ކުރާފަދަ ކަންކަން ކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައްޔިތުންނަށް ދެރައެއް ލިބޭ ޒާތުގެ، އަދި ގާނޫނާއި ގަވާއިދާއި ޚިލާފު އެއްވެސް ކަމެއް ދުވަހަކު ވެސް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"އަޅުގަނޑު އެދެނީ ހަމަ ގަދަޔަށް ތި ވާހަކަ ދައްކަން. ދެއްކި ވަރަކަށް ހަމަ ތި ބޭފުޅުން ބޭޒާރުވާނީ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަބުރުފުޅު ކަތިލުމަށް އެފަދަ ވާހަކަތައް ދެއްކި ނަމަވެސް އެމަނިކުފާނު، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވަޢުދު ފުއްދަވާނެކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އެހެންވެ، ރައްޔިތުން ސާބިތުކަމާއެކު ޤައުމައިގެން ކުރިއަށްދިއުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ ޒިންމާ އިޚުލާސްތެރިކަމާއި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރައްވާނެ ކަމުގެ ޔަގީންކަން ރައީސްޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފަ އެވެ.

އިދިކޮޅު އެމްޑީޕީން ދަނީ ސަރުކާރަށާއި، ރައީސް ޑރ. މުއިއްޒަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް