ads
އެތްލެޓިކޯ - ޑޯޓްމަންޑް މެޗުގެ ތެރެއިން
އެތްލެޓިކޯ ކަޓުވާލައި ޑޯޓްމަންޑް ސެމީއަށް
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ސެމީ ފައިނަލްގެ ފުރުސަތު ހޯދައިފިއެވެ.

މިއީ، 11 އަހަރު ތެރޭ ޑޯޓްމަންޑުން ޗެމްޕިއަންސް ލީގުގެ ސެމީން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ. އެ ޓީމުން ވަނީ 2013 ވަނަ އަހަރުގެ ފައިނަލުގައި ކުޅެ ބަލިވެފަ އެވެ.

އެތްލެޓިކޯއާ ޑޯޓްމަންޑްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުން އެތްލެޓިކޯ މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. އެކަމަކު، ދެ ވަނަ ލެގުގައި ޑޯޓްމަންޑުންވަނީ ހަތަރު ލަނޑު ދެ ލަނޑުން އެތްލެޓިކޯ ބަލިކޮށް އެގްރިގޭޓް ނަތީޖާއިން މެޗު ކާމިޔާބުކޮށްފައެވެ.  

ސެމީގައި ޑޯޓްމަންޑް ކުޅޭނީ، ބާސެލޯނާ ކަޓުވާލި، ޕީއެސްޖީއާއެވެ. ސެމީގެ ފުރަތަމަ ލެގުތައް އޮންނާނީ، އޭޕްރީލް 30 އާއި މެއި 1 ގަ އެވެ. ދެ ވަނަ ލެގު ކުޅޭނީ މެއި 7 އާއި މެއި 8 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް