ads
އާލިއާ ބަޓް
ޓައިމްސް މެގަޒިންގެ އެންމެ ނުފޫޒު ގަދަ ލިސްޓުގެ އެންމެ ކުރިއަށް އާލިއާ
މަޝްހޫރު ޓައިމްސް މެގަޒިންގެ އެންމެ ނުފޫޒު ގަދަ ލިސްޓުގެ އިންޑިއާއިން އެންމެ ކުރީގައި އާލިއާ ބަޓް ހިމެނިއްޖެ އެވެ.

ބެލުންތެރިންނާއި ގިނަ ބައެއްގެ ލޯބި ލިބި، ބޮލީވުޑް ދާއިރާއަށް ތައާރަފްވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަޝްހުރުވެގެންދިޔަ މަގުބޫލު ބޮލީވުޑް ފިލްމް ޑައިރެކްޓަރު މަހޭޝް ބަޓްގެ ދަރިފުޅު އާލިއާ ބަޓް ދަނީ ފެށުނީއްސުރެއް ގިނަ ގުނަ ކާމިޔާބީތައް ހޯދަމުންނެވެ.

އާލިއާ ޓައިމްސް މެގަޒިން އިން މިހޯދި ކާމިޔާބީއާއިއެކު އާލިއާ މި ވަނީ ދުނިޔޭގެ ފުންނާބު އުސް އެހެނިހެން މަޝްހޫރު ތަރިންނާއި އެކު ނަން ލިސްޓުކުރެވިފަ އެވެ. އާލިއާ އެއްކޮށް އެއް ފަންތިއެއްގެ ތެރެއިން  ދެން މި ލިސްޓުގައި ނުފޫޒު ގަދަ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޑުއާ ލީޕާ، އީލިއޮޓް ޕޭޖް، މައިކަލް ޖޭ ފޮކްސް، ސޮފިއާ ކޮޕޯލާ އަދި ހަޔާއޯ މިޔަޒާކީ އެވެ.

ހޮލީވުޑް ފިލްމް ހާޓް އޮފް ސްޓޯންގައި އާލިއާ އާއި އެކު ކޮލަބޮރޭޓް ކުރި ފުއްނާބުއުސް ޑައިރެކްޓަރު ޓޮމް ހާޕާ ވެސް ވަނީ އާލިއާ މިލިސްޓުގައި ހިމެނުމުން ތައުރީފްގެ ބަސްތައް ރައްދުކޮށްފަ އެވެ.

ޓޮމް އާލިއާ ސިފަކޮށްދީފައިވަނީ އެންމެންވެސް މިސާލެއްގޮތުގައި ބަލައިގަންނަ ހުނަރުވެރި މީހެއްގޮތަށެވެ. ޓޮމް އިތުރަށް ބުނީ އާލިއާއަކީ ހަމަ އެކަނި  ފުއްނާބު އުސް ފިލްމީ ތަރިއެއް ނޫންކަމަށެވެ. އާލިއާ އަކީ ދާއިރާއަށް ގިނަ ގުނަ ހިދުމަތްކޮށްދީ އެހެން މީހުންގެ ހައްގުހޯދައިދިނުމަށްވެސް މަސައްކަތްކުރާ މީހެއްގޮތަށެވެ. 

މީގެ އިތުރުން އާލިއާ ވަނީ އޭނާއަށް ލިބުން ކާމިޔާބީއާ ދޭތެރޭ އުފާވާކަން ހާމަކޮށް އޭނާއަށް އެކި ފަރާތްތަކުން ކުރި ތައުރީފްގެ ބަސްތަކަށް ޝުކުރު އަދާކޮށްފަ އެވެ. 

ޓައިމް މެގަޒިން އިން އަހަރަކު އެއްފަހަރު އާންމުކުރާ ޓައިމް 100 މޯސްޓް އިންފްލޫއެންޝަލް ނުވަތަ އެންމެ ނުފޫޒުގަދަ ލިސްޓުގައި އަލިއަޅުވާލާފައިވަނީ އެކި ދާއިރާތަކުގެ ފާހަގަކޮށްލެވޭ ފަރާތްތަކުގެ މަސައްކަތުގެ ތެރެއިން ދުނިޔޭގެ ފެންވަރުގައި ބޮޑު ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް