ads
ޖެނެރަލް ހިލްމީއަށް މަގާމަށް އައްޔަނު ކުރި ކަމުގެ ލިޔުން ރައީސް ހަވާލުކުރައްވަނީ. އޭނާ ކުރިން ހުންނެވީ ވައިސް ޗީފަކަށް --- ފޮޓޯ: ރައީސް އޮފީސް
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަރ ޖެނެރަލް ހިލްމީ
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފި އެވެ.

ހިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒަށް ސިފައިންގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުންނެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ އައްޔަނު ކުރައްވާ މަގާމުގެ ލިޔުން ހަވާކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒެވެ.

ހިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ކުރިން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވަމުންގެންދެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

މޭޖާ ޖެނެރަލް ހިލްމީ ވަނީ ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް އެޑިއުކޭޝަންގެ ކޮމާންޑިން އޮފިސަރުކަމާއި ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓުގެ ޕްރިންސިޕަލް ޑައިރެކްޓަރު ކަމާއި ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރުގެ މަގާމު އަދާ ކުރައްވައިފަ އެވެ.

އޭގެ އިތުރުން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކޮމާންޑަރު ކަމާއި ސެންޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރުގެ މަގާމުގައި ވެސް ހުންނެވި އެވެ.

ހިލްމީ ސިފައިންގެ ވަޒީފާއަށް ވެންނެވީ އޭޕްރީލް 25، 1988، ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް