ads
ސިފައިންގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އައްޔަންކުރެއްވި ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ގިޔާޒްއާއި ދިފާއީ ވަޒީރު ގައްސާން މައުމޫން.
ވައިސް ޗީފަކަށް އަހްމަދު ގިޔާސް
ސިފައިންގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ގިޔާޒް އައްޔަންކުރައްވައިފިއެވެ.

އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒުއެވެ. 

ގިޔާޒް ވައިސް ޗީފްކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު މުހައްމަދު ގައްސާން މައުމޫންއެވެ. 

your imageދިފާއީ ވަޒީރު ގައްސާން މައުމޫނާއި ޗީފް ހިލްމީ އާއި ވައިސް ޗީފް ގިޔާސް

ވައިސް ޗީފަކަށް ގިޔާޒް އައްޔަންކޮށްފައި މިވަނީ ކުރިން އެމަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މިއަދު އައްޔަނުކުރެއްވުމުންނެވެ. 

ހިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ކުރިން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވަމުންގެންދެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ރޭ ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް