ads
ޔޫސުފް ނައީމް
ޔޫސުފް ނައީމްގެ ޖަލު ހުކުމް ބާތިލުކޮށްފި
ޔޫސުފް ނައީމްގެ ޖަލު ހުކުމް ބާތިލްކޮށްފި އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ތިން އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށް، މައްސަލަ އަލުން ބަލަން ވަނީ އަންގާފައެވެ. 

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.

މި މައްސަލައިގައި ޔުސޫފް ނައީމް ޖަލަށްލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހްމަދު ޝަކީލްއެވެ. ޝަކީލްވަނީ ފަހުން ހައިކޯޓަށް ބަދަލުކޮށްފައެވެ. އަދި އެމްޑީޕީގެ ސަރުކާރު ނިމެން ކައިރިވެފައިވަނިކޮށް ޝަކީލްވަނީ ފަނޑިޔާރުކަމުން ރިޓަޔަރ ކޮށްފަ އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން އާ ހެކިތައް ހުށަހެޅި ގޮތް ގާނޫނާ ހިލާފް ކަމަށް ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ފާހަގަ ކޮށްފައިވާތީ އެކަމާ ގުޅިގެން ހުކުމުގައިވަނީ އާ ހެކި ބަލައިގަތުމަށް ނިންމި ނިންމުން ގޯސް ކަމަށެވެ. އެއީ އެ ހެކިތައް ހުށަހެޅުމުން އެ ހެކިތައް ބަލައިގަތީ ގާނޫނުގައި ނެތް އިޖްރައާތެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ އެ ހުކުމުގައިވެ އެވެ. އަދި އެ ހެކިތައް ބަލައިގަންނަންޖެހޭ ހަގީގީ ސަބަބެއް އޮތްކަން ބުނެދެވިފައިނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އިސްތިއުނާފީ މައްސަލާގައި ޔޫސުފް ނައީމު އެދިފައި އޮތީ ކްރިމިނަލް ކޯޓުން އާ ހެކިތަކެއް ބަލައިގަންނަން ނިންމި ނިންމުން ބާތިލުކުރުމަށާއި ކުށުގެ މައިގަނޑު އެއް ރުކުން ސާބިތު ނުވާއިރު، ކުށް ސާބިތު ނުވާނެ ކަމަށް ކަނޑައަޅައިދިނުމަށާއި ހުކުމް ބާތިލުކޮށް، ދަށު ކޯޓުން މައްސަލަ އަލުން ބެލުމަށް އެންގުމަށާއި އަދަބު ލުއިކޮށްދިނުމާ ބެހޭ ގޮތުން ހައި ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށެވެ. އަދި ޔޫސުފް ނައީމްގެ ވަކީލުން ފާހަގަކުރީ ނައީމަށް ޖަލު އަދަބު ފިޔަވައި އެހެން އަދަބެއް ކަނޑައަޅާފައި ނުވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. 

މި ހުރިހާ އިސްތިއުނާފީ ނުކުތާތަކަށް ވެސް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އަދި، އެެކަންކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމުންތައް ނިންމާފައިވަނީ ގޯސްކޮށް ކަމަށް ވެސް ކަނޑައެޅި އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ޔޫސުފް ނައީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކުރީ ގާނޫނާ ހިލާފަށް ކަމަށާއި އަދި ދަށު ކޯޓުން ނުބެލި ހުރި ކަންތައްތަކެއް ހުރުމުން އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަންގާ ކަމަށް ހުކުމުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް