ads
15،000ރ. ގެ އިނާމަކާ އެކު އުރީދޫގެ އީއޭއެފްސީ ޗެމްޕިއަންޝިޕް ވަނީ ފަށާފައި - ފޮޓޯ:އުރީދޫ
15،000 ރުފިޔާގެ އިނާމަކާ އެކު އުރީދޫގެ އީއޭއެފްސީ ޗެމްޕިއަންޝިޕް ފަށައިފި
15،000 ރުފިޔާގެ އިނާމަކާ އެކު އުރީދޫ ނޭޝަން އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަ ސީރީޒް، ސީޒަން އެކެއް ފަށައިފި އެވެ.

އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަ ސީރީޒް، ސީޒަން އެކެއް ފަށާފައި ވަނީ ބުރާސްފަތި ދުވަހު އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގަ އެވެ.

މި މުބާރާތް ފެށުމުގެ ގޮތުން އުރީދޫގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު މަލްކަން ސިންގް ތަންވަ އަދި ޑިރެކްޓަ އޮފް އޮޕަރޭޝަންސް ޝަބީން އަލީ ފުރަތަމަ މެޗު ކުޅުނެވެ.

ތިން ދުވަހަށް ދެމިގެންދާ މި މުބާރާތުގެ ފައިނަލް މެޗު ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އެ މެޗު ކުޅޭނީ ރައުންޑް ރޮބިން ސްޓައިލަށް ތިން ކުޅުންތެރިންގެ މެދުގަ އެވެ. އުރީދޫން ބުނީ މި މުބާރާތަށް 15،000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާއިރު، އެއްވަނައަށް 8،000 ރުފިޔާ، ދެވަނައަށް 4،500 ރުފިޔާ އަދި ތިންވަނައަށްދާ ކުޅުންތެރިޔާއަށް 2،500 ރުފިޔާ ލިބޭނެ ކަމަށެވެ.

your image15،000ރ. ގެ އިނާމަކާ އެކު އުރީދޫގެ އީއޭއެފްސީ ޗެމްޕިއަންޝިޕް ވަނީ ފަށާފައި - ފޮޓޯ:އުރީދޫ

ގޭމަރުންގެ މެދުގައި އެންމެ މަގުބޫލު ނެޓްވޯކު، އުރީދޫ މޯލްޑިވްސްއިން މި އަހަރަށް ރާވާފައި ވަނީ ހާއްސަ ޝައުގުވެރި މުބާރާތްތަކެކެވެ. އަދި މި އަހަރު "އަލްޓިމޭޓް ޕްލޭޔަ" ޓްރޮފީއަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ބައިވެރިންނަށް ވެސް ހުޅުވާލެވޭނެ ކަމަށް އުރީދޫން ބުނެ އެވެ. "އަލްޓިމޭޓް ޕްލޭޔަ" އަކީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ މޮޅު ފަންނާނެކެވެ. އަދި އެހެން ކުޅުންތެރިންނަށް ނަމޫނާ ފަރާތަކަށް ވާނެ އެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނާނެއް ހޮވޭ ފުރަތަމަ ފަހަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް