ads
ރައީސް ޔާމީނާއި އާދަމް ޝަރީފު އުމަރު.
ޝަރީއަތް ލަސްކުރީ އެމްޑީޕީން، ޕީއެންއެފް ވޯޓް ހޯދަން : އާދަމް ޝަރީފު
ރައީސް ޔާމީންގެ ޝަރީއަތް ލަސްކުރީ އެމްޑީޕީގެ ނުފޫޒުން މަޖިލިސް އިންތިހާބަށް ޕީއެންއެފްގެ ވޯޓް ހޯދުމަށްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު ޚިދުމަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައަީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ިއއްވާފައި އޮތް 11 އަހަރުގެ ޖަލު ހުކުމުން އިއްޔެ އެމަނިކުފާނު ވަނީ މިނިވަންވެޑައިގެންފައެވެ. ހައިކޯޓުން ޔާމީން ހުށައެޅި މައްސަލަ ނިންމާފައިވަނީ އެ މައްސަލއިގެ އަޑުއެހުންތައް ނިންމާފައި އޮންނަތާ 4 މަސްދުވަސްފަހުންނެވެ. 

ރައީސް ޔާމީން މިނިވަންވުމުން ޕީއެންސީގެ ނައިބު ރައީސްކަންވެސް ކުރައްވާ އާދަމް ޝަރީފު އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އެކަން މަޖިލިސް އިންތިހާބާއި ގުޅުވާލާފައެވެ. 

އޭނާ ވިދާޅުވީ ރައީސް ޔާމީން މިނިވަން ވުމަކީ ހިތައް ތަސައްލީއެއް ލިބުނުކަމެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތް ލަސްކުރީ އެމްޑީޕީންކަމަށާއި އެކަން އެގޮތަށް ކުރީ ރައީސް ޔާމިން އުފެއްދެވި ޕީއެންއެފްގެ ވޯޓު މަޖިލިސް އިންތިހާބަށް ހޯދަންކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ. 

" މިހާތަނަށްވެސް ރައީސް ޔާމީންގެ ޝަރީއަތް ލަސްކުރީ ސިޔާސީ ބޭނުމުގައި އެމްޑީޕީގެ ނުފޫޒުންކަމާއި މިއަދު މަޖިލިސް އިންތިހާބުގައި ޕީއެންއެފްގެ ވޯޓް އެމްޑީޕީއަށް ހޯދުމަށް ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަމުން ދާކަން ކޮންމެ މީހަކަށް އެނގޭނެ. " އާދަމް ޝަރީފް އެކްސްގައި ލިޔުއްވާފައިވެއެވެ.

ޖަލު ހުކުމުން މިނިވަންވެޑައިގަތުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ރޭ ވިދާޅުވީ
ދަށު ކޯޓުން އިއްވި ޖަލު ހުކުމްގެ އިސްތިނާފު ލަސްވުމުން ގިނަ ހައްގުތަކެއް ގެއްލިގެން ހިއްގަޖެއްކަމަށާއި ޝަރީއަތް ލަސްކުރަން މި ސަރުކާރުންވެސް މަސައްކަތް ކުރިކަމަށް ގަބޫލުކުރައްވާކަމަށެވެ. ރައީސް ޔާމީން ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ. އެގޮތުން އެއްވެސް ތައުލީމެއް ނެތް މީހުންނާާއި އާއިލީ މީހުންނަށް ވަޒީފާ ދިނުމާއި ބިންތައް ބޭރު މީހުންނަށް ދިނުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް