އެމަނިކިފާނު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އެމްޑީޕީން ކެމްޕެއިން ނިންމާލުމަށް މިއަދު ބޭއްވި ޕެރޭޑަށް ފަހު އާޓިފިޝަލް ބީޗުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ސާލިހް ވިދާޅުވީ މި ސަރުކާރަށް ފަސް މަސް ވެގެންދިޔައިރު ސަރުކާރު ހިނގަމުންދާގޮތުގެ މައުލޫމާތު ރައްޔިތުންނަށް ސިއްރުކުރަމުން އަންނަކަށެވެ. އެގޮތުން މި ވޭތުވެދިޔަ 3 ހަފްތާގެ ތެރޭގައި ދައުލަތުގެ މާލިއްޔަތާއި ބެހޭ އެއްވެސް މުއާމަލާތެއް ހާމަކޮށްފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ސާލިހް ވިދާޅުވީ މި ސަރުކާރުން ރައީސާއި އެމަނިކުފާނުގެ ސަރުކާރުގެ އިސް ބޭފުޅުން ކެމްޕެއިން ދަތުރުތަކަށް ދައުލަތުގެ ފައިސާއިން 100 މިލިއަަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ. އަދި އެކަންކަން ހަމައަކަށް އަޅުވާ ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ލިބިގެންކަމަށެވެ.
ރައީސް ސާލިހް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ރަށްތައް ތަރައްޤީކުރުމުގެ ވިސްނުމެއް ނެތްކަމަށެވެ. އަދި މިސަރުކާގެ ކެންޑިޑޭޓުންނަށް ވޯޓް ދީފިނަމަ އެ ދެވެނީ ތަރައްޤީއާއި ދެކޮޅަށްކަމަށްވެސް ރައީސް ސާލިހް ވިދާޅުވިއެވެ.
20 ވަނަ ރައްޔިތުން މަޖލީހުގެ 90 ދާއިރާއަކަށް އެމްޑީޕީން ވާދަކުރައެވެ. އޭގެ އިތުރުން ފެލިދޫ ދައިރާއަށް ވާދަކުރާ އަމިއްލަ ކެނޑިޑޭޓާއި ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ ޕީއެންއެފް ކެންޑިޑޭޓަށް ތާއިދުކުރަން އެމްޑީޕީން ވަނީ ނިންމާފައެވެ.
އަންނަ އާދިއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގެ ކެމްޕެއިންތައް ހޮނިހިރު ދުވަހު އިރުއޮއްސި 6 ޖަހާއިރު ނިންމަންޖެހޭނެއެވެ. އިންތިހާބުގެ ވޯޓްލުން އޮންނާނީ އާދިއްތަ ދުވަހު ހެނދުނު 08:00 ހަވީރު 05:30 އަށެވެ.
20 ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާ އަށް 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ 43 އަންހެންނާއި 326 ފިރިހެންނެވެ. އިންސައްތައިން ނަމަ އެއީ11.41 އިންސައްތަ އަންހެނުންނާއި 88.58 އިންސައްތަ ފިރިހެނުންނެެވެ.
އަންނަ މަޖިލިސް އިންތިހާބުގައި 284،663 މީހުންނަށް ވޯޓް ލިބުމުގެ ހައްގު ލިބިގެންވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.