ads
ހުޅުމާލެ
ހުޅުމާލޭގައި ރޭސިންއަށް ހާއްސަ ސަރަހައްދެއް
ހުޅުމާލޭގައި ރޭސިން އަދި ޑްރިފްޓު ކުރުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅައިފިއެވެ.

ހުޅުމާލޭގައި ރޭސިން އަދި ޑްރިފްޓު ކުރުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާ، އެ ސަރަހައްދު ހުޅުމާލޭ ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންވަނީ ކުޅިވަރާ ބެހޭ ވުޒާރާއާ މިހާރު ހަވާލުކޮށްފައެވެ.

ރޭސިން އާއި ޑްރިފްޓިންއަށް ހާއްސަ ފަންސާސް ހާސް އަކަފޫޓުގެ ބިމެއްވަނީ ކަނޑައަޅާފައެވެ. ވަޒީރު ވިދާޅުވީ ރޭސިންއަށް ބިމެއް ކަނޑައެޅިގެން ދިއުމަކީ މިކަމަށް އެދިއެދި ތިބި ޒުވާނުންގެ އުންމީދުގައި ކުލަ ޖެހިގެންދާނެ ކަމެއްކަމަށެވެ. މީގެ ސަބަބުން ރާއްޖޭގައި ދެ ކުޅިވަރު ތައާރަފް ވެގެންދާނެ ކަމަށް ޝައްކު ނުކުރައްވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް