ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
މަޖިލިސް އިންތިހާބަކީ ސަރުކާރަށް އެއްބާރުލުން ދޭން ރަނުގެ ފުރުސަތެއް: ރައީސް
މިއީ ނަތީޖާ ނެރެދޭން ބޭނުންވާ ސަރުކާރެއް ކަމަށާއި އެހެން ކަމުން މަޖިލިސް އިންތިހާބަކީ ސަރުކާރަށް އެއްބާރުލުން ދޭން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީގެ އަށް ގޮނޑި ސަރުކާރަށް ހޯދައިދީފި ނަމަ، ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި ފަހަރުގެ އިންތިހާބު ގައި ދެވަނަ ވިސްނުމަކަށް ދާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާ ތިމާ އަކީ ކޮންމެ ޕާޓީއެއްގައި ހުރި މެންބަރަކަށް ވިޔަސް ކޮންގްރެސް ކެންޑިޑޭޓަަށް ވޯޓްދީ ހޮވައިދީފިނަމަ އެއީ ތަރައްގީއަށް ދެވޭ ވޯޓަކަށް ވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާ ކަމަށެވެ.

"އަޅުގަނޑު ދޭ ޔަގީން ކަމަކީ އައްޑޫ ސިޓީގެ ރައްޔިތުން އަޅުގަނޑަށް އިތުބާރުކޮށް އަޅުގަނޑުމެންގެ އަށް ކެންޑިޑޭޓުން ހޮއްވަވައިދެއްވައިފިނަމަ އެ ނަތީޖާ ނެރެދޭނަން. ބަދަލު ގެންނަން ވީ ހެޔޮ ބަދަލެއް ވީމަ. މިއީ ހެޔޮ ބަދަލެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މަޖިލީހުގެ ގޮނޑިތައް ސަރުކާރަށް ދީފި ނަމަ، ވަރަށް ބާރު ސްޕީޑްގައި ރާއްޖޭގެ ރައްޔިތުން ބޭނުންވާ މިންވަރަށް ހުރިހާ ވައުދެއް ފުއްދަވައިދެއްވާނެ އެވެ. މަޖިލީހުގެ 93 ދާއިރާއަށް ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިފި ނަމަ ހަގީގަތުގައި ވެސް ނަތީޖާ ރަނގަޅުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.  

އަންނަ އާދިއްތަ ދުވަހު އޮންނަ 20 ވަނަ މަޖިލީސް އިންތިހާބުގެ ވޯޓުލުން އެ ދުވަހު ހެނދުނު 8:00 އިން ފެށިގެން 5:30އާ ހަމައަށް ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އެގޮތުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓުގައި ކެންޑިޑޭޓުން ނުކުންނަނީ 89 ދާއިރާއަކަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް