ads
އެމެރިކާގެ ކޮމާންޑަރު އެމްއެންޑީއެފް އާ ބައްދަލުކުރެއްވުން
އެމެރިކާގެ އިސް ނޭވީ ކޮމާންޑަރު ރާއްޖެއަށް ޒިއާރާތްކޮށްފި
އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަން ކޮމާންޑްގެ ޕެސިފިކް ކޮމާންޑަރު ރިއާ އެޑްމަޔަރަލް ޖެރެމީ ވިލިއަމް ރާއްޖެއަށް މިއަދު ވަޑައިގެންފި އެވެ.

ރިއާ އެޑަމަޔަރަަލް ޖެރެމީގެ މި ދަތުރުފުޅުގައި އޭނާ ވަނީ  އެމްއެންޑީއެފް ގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން މި ބައްދަލުވުމުގައި ދެ ފަރާތުންވެސް ވަނީ  ދެ ގައުމުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް، އެ ދާއިރާގެ ކަންކަމުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މީގެ އިތުރުން އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ ވެސް ވަނީ ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް ވަޑައިގަންނަވާ ރައީސް މުއިއްޒު އާ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ކޮމާންޑަރު ވަނީ ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ  ވަސީލަތްތައް ބިނާކުރުމާއި އަދި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ބޭފުޅުން ތަމްރީނުކުރުމަށް އެމެރިކާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް