ads
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ވަނީ ވޯޓުލައްވާފައި - ފޮޓޯ:އެމްޑީޕީ
ކުރީގެ ރައީސް ސޯލިހު ވޯޓް ލައްވައިފި
މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓުލައްވައިފި އެވެ.

ރައީސް ސޯލިހު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގެ ހޯލުގައި ހުރި ވޯޓު ފޮއްޓަށެވެ.

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ސޯލިހު ވިދާޅުވީ ބޮޑެތި އާބާދީތަކުން އެމްޑީޕީން ކުރި ހޯއްދަވާނެ ކަމަށާއި އަދި ކުދިރަށްތަކާއިއެކު މުޅި ރާއްޖެއިން މިއަދު މޮޅުވާތަން ފެންނަ ކަމަށެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން އަދި މުވައްޒަފުންނަށް ބިރުދައްކައިގެން ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

މި އިންތިހާބުގައި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. އަދި މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

މި އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް