ads
ޕީއެންސީގެ ސަޕޯޓަރެއް. މަޖިލިސް އިންތިހާބުގައި އެޕާޓީއަށް ވަނީ ތާރީހީ ކާމިޔާބީއެއް ލިބިފައި
ޕީއެންސީ އުފާފާޅުކުރުމަށް ބޮޑުތަކުރުފާނުމަގު މިރޭ ބަންދު
ރައްޔިތުން މަޖިލީހުގެ އިންތިހާބުން ސަރުކާރު ހިންގާ ޕީއެންސީ ލިބުނު ބޮޑު ކާމިޔާބު ފާހަގަކުރަން މިރޭ ބާއްވާ ހަރަކާތްތްކަށް ބޮޑުތަކުރުފާނުމަގު ބަންދު ކުރަން ނިންމައިފިއެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ އިންތިހާބުން 66 ގޮނޑި ކާމިޔާބުކޮށް ޕީއެންސީން ވަނީ ތާރީހީ މޮޅެއް ހޯދާފައެވެ. މި ކާމިޔާބީ ފާހަގަކުރަން މިރޭ އާޓިޕިޝަލް ބީޗުގައި ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައެވެ. އަދި 5 މިނެޓް ވަންދެން ހަވާ އެރުންވުންވެސް އެބައޮތެވެ. 

މި ޖަލްސާއަށް ޓަކައި ޖަލްސާ އޮންނަ އާޓިފިޝަލް ބީޗް ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު އަންނާނެކަމަށެވެ. އެގޮތުން މިރޭ 20:00 އިން ފެށިގެން ހަރަކާތް ނިމެންދެން އެ ސަރަހައްދު ބަންދުވާނެކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ އެ ބަދަލުތައް ފެންނަ ޗާޓެއް ވެސް ވަނީ އާންމުކޮށްފައެވެ.

your imageބޮޑުތަކުރުފާނު މަގުން މިރޭ ބަންދުކުރާ ގޮތް ދައްކައިދޭ ޗާޓް

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ޕީއެންސީއަށް 66 ގޮނޑި ލިބިފައިވާއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ހޯދުނީ 12 ގޮނޑި އެވެ. ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އެމްއެންޕީއަށް އެއް ގޮނޑި އަދި އެމްޑީއޭއިން ވަނީ ދެ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަމިއްލަގޮތުން ވާދަކުރި 11 ކެންޑިޑޭޓަކަށް ގޮނޑި ލިބިފައިވެ އެވެ.

ޖުމްހޫރީ ޕާޓީއަށް އެންމެ ގޮނޑިއެއް ހޯދުނުއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދި ޕާޓީ، ޕީއެންއެފް އާއި ދަ ޑިމޮކްރެޓްސްގެ އިތުރުން އަދާލަތު ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް