ads
އެމްޑަބްލިއުއެސްސީ އިމާރާތް-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ފެން ބިލް ރައްދުކޮށް ފައިސާ ދެއްކުން މިހާރު އޮންލައިންކޮށް
ކޮވިޑް-19 ގެ ސަބަބުން ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މާލެ ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް އޮންލައިންކޮށް ފެން ބިލް ރައްދުކޮށް ފައިސާ ނަގަން ނިންމާފި އެވެ.

އެމްޑަބްލިއުއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ މޯބައިލް މެދުވެރިކޮށް ރަޖިސްޓަރީވެފައިވާ ގޭބީސީތަކަށް މިއަދުން ފެށިގެން ފެން ބިލް ފޮނުވާނީ އެޕް މެދުވެރިކޮށް ކަމަށް އެކަނި ކަމަށެވެ. އަދި މޯބައިލް އެޕް ނެތް ފަރާތްތަކަށް ކުރިއެކޭ އެއްފަދައިން، މިހާރުވެސް ބިލް ތައްޔާރުވުމާއެކު، ފޯނަށް ނޯޓިފިކޭޝަން ލިބިގެންދާނެ ކަމަށް ބަޔާނުގައި ވެއެވެ. މިއާއެކު އެޕް މެދުވެރިކޮށް ހުރިހާ ފަރާތްތަކަކަށް ވެސް ބިލަށް ފައިސާ ދެއްކެވޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

މޯބައިލް އެޕްގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް ބިލް ރައްދުކުރެވޭނީ ކުރިންވެސް އެކުންފުނިން އަންގާފައިވާ ގޮތަށް ގޭގެ ގްރައުންޑް ފްލޯއާއި ހަމައަށް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެމްޑަބްލިއުއެސްސީގެ އެޕް ޕްލޭ ސްޓޯ އަދި އެޕް ސްޓޯ މެދުވެރިކޮށް ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. އެޕް މެދުވެރިކޮށް ފެންބިލަށް އެރި އަދަދުގެ ނޮޓޮފިކޭޝަން ލިބޭނެއެވެ. އަދި ގޭގައި ތިބެގެން ފަސޭހަ ކަމާއެކު ބިލަށް ފައިސާ ދެއްކޭ އިރު، ފެން ބޭނުން ކުރާ މިންވަރާއި ލައިވް ޗެޓްގެ ހިދުމަތުގެ އިތުރުން ފާއިތުވި މަސްތަކުގެ ބިލުގެ ތަފްސީލް ވެސް އެޕް މެދުވެރިކޮށް ބަލާލެވޭނެ އެވެ.

އެމްޑަބްލިއުއެސްސީ އިން މިގެނައި ބަދަލަކީ މިހާރު ރާއްޖޭގައި އޮތް ސިއްހީ ނުރައްކާތެރިކަމާއި ގުޅިގެން، ކުންފުނީގެ މުވައްޒަފުން ބޭރުގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އެކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް