ads
ދިޔަވި ދޯނި -- ފޮޓޯ: އެމްއެންޑީއެފް
ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި
ކ. ތިލަފުށްޓަށް ދަތުރުކުރި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
ކ. ތިލަފުށްޓަށް ދަތުރުކުރި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ވ. އަލިމަތާ ރިސޯޓުން ފުރައިގެން ތިލަފުއްޓަށް ދަތުރުކުރި "ރަންމިއި" ނަމަކަށް ކިޔާ ދޯންޏެއް މާފުށި ކަނަޑުއޮޅި ކައިރިން ދިޔަވާތީ އެމްއެންޑީއެގް މާލެ އޭރިއާ ސީޖީ ސްކޯޑަން އިން ހަރަކާތްތެރިވާން ފަށައިވާ ކަމަށެވެ.

މިހާދިސާ ހިނގިއިރު އެދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ތިބި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި ދޯނި ދިޔަ ވުމުގެ ސަބަބުން އިންޖީނު ވެސް ވަނީ ހުއްޓިފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ މެންދަމު 03:00 ހާއިރު ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް